ޚަބަރު
ހިތްފަސޭހަ ހުޅުމާލެ: މަގުތަކުގައި ފެންބޮޑުވާތީ، ހެޖުތެރެއިން ނަގާ ބިޔަ ގަސްތައް އެކި ޕާކުތަކުގައި އިންދަނީ

ހުޅުމާލޭގެ މަގުތަކުގައި ވާރޭވެހުމުން ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ހެޖުތެރޭގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އެ ގަސްތައް އިންދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ. މި މަސައްކަތް ހުޅުމާލޭގައި ފަށާފައިވަނީ އިއްޔެއެވެ.

އެޗްޑީސީން އިއްޔެ ވަނީ “ހިތްފަސޭހަ ހުޅުމާލެ” ކެމްޕެއިންގެ ދަށުން، ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. މި ކެމްޕެއިންގެ މައިގަނޑު އެއް މަޤްޞަދަކީ ހުޅުމާލެއަކީ ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

އެޗްޑީސީން ވިދާޅުވީ، ހެޖުތެރޭގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް ނެގުމުގެ މަސައްކަތް ފެށީ، އެފަދަ ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށެވެ. މީގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް ނިންމާފައިވާކަން އެޗްޑީސީން ހާމަކުރެއެވެ. ހުޅުމާލެ ފެހިކުރުމަށް އެ ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ހެޖު ތެރޭގައި އިންދުމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެޗްޑީސީއަށް ގިނަ އަދަދަކަށް ޝަކުވާ ލިބިފައިވާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މިހާރު ފަށާފައިވާ މި ކެމްޕެއިންގެ މަޤްޞަދަކީ ހުޅުމާލެއަކީ ސާފުތާހިރު، އުޅެން ފަސޭހަ، އަދި ހިތްފަސޭހަ މާހައުލެއް ޤާއިމުކުރުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment