ޚަބަރު
ފަޚުރުވެރި ކާމިޔާބީއެއް: ކަލިނަރީ އެވޯޑްސްގައި ދުނިޔޭގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލަކަށް ދިވެހިރާއްޖެ!

ދުނިޔޭގެ ކެއިންބުއިމުގެ ސިނާޢަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ކަލިނަރީ އެވޯޑްސް 2025ގައި، ދުނިޔޭގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބިއްޖެއެވެ. މިއީ ދިވެހި ސަޤާފަތާއި ކެއިންބުއިމުގެ ފުރިހަމަކަން ދުނިޔެއަށް ދައްކުވައިދޭ ކާމިޔާބީއެކެވެ.

މި ޝަރަފުވެރި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ޖަރުމަނުވިލާތާއި، ޕެރޫ، ސޭޝެލް އަދި ސިންގަޕޫރު ފަދަ ބޮޑެތި ޤައުމުތަކާ ވާދަކޮށްގެންނެވެ. މީގެ ކުރިން ރާއްޖެއަށް މިމަޤާމު ލިބިފައިވަނީ އިންޑިއާ ކަނޑުގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލްގެ އެވޯޑު ކަށަވަރުކުރުމަށް ފަހުއެވެ. މިކަމުން ދައްކުވައިދެނީ ދިވެހި ކެއުންބުއިންތަކުގެ ޝަރަފު، ސަރަހައްދީ ފެންވަރުން ދުނިޔޭގެ ފެންވަރަށް އުފުލިފައިވާ މިންވަރެވެ.

މި ކާމިޔާބީތަކުގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުން ރާއްޖެއިން ވަނީ ތަފާތު ގިނަ އެވޯޑުތަކެއް ހޯދާފައެވެ. އެގޮތުން، ވެރިރަށް މާލެއަށް ވަނީ “އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން”ގެ މަޤާމު ލިބިފައެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްއަށް ވަނީ މިސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިންގް އިންސްޓިޓިއުޓުގެ މަޤާމުވެސް ލިބިފައެވެ. މިއީ ދިވެހި ކެއުންބުއިމުގެ ދާއިރާގައި ކުރާ މަސައްކަތްތަކުގެ ފުރިހަމަކަން ހާމަކޮށްދޭ ކަންކަމެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ، މި ޝަރަފުތަކަކީ ރާއްޖޭގެ މުއްސަނދި ސަޤާފަތާއި ކެއިންބުއިމުގެ އުކުޅުތަކާއި ރަހަތަކަކީ މުޅި ދުނިޔެވެސް ބަލައިގަންނަ ފުރިހަމަ ރަހަތަކެއްކަން ދައްކުވައިދޭ އަގުހުރި ރަމްޒެއްކަމަށެވެ. ޝިއުރީ ވަނީ، ސަޤާފީ ކެއުންތަކާއެކު، ޒަމާނީ ކެއިންބުއިމުގައި ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިއުން މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ދިވެހިވަންތަކަމާއި ޤައުމީ ފަޚުރުކަމަށްވާ މަސްވެރިކަމާއި ކަނޑުގެ ރޯއްޖާއި ދިވެހީންގެ ދިރިއުޅުން ގުޅި ލާމެހިފައިވާ މިންވަރު މުޅި ދުނިޔެއަށް ދައްކާލަދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ވޯލްޑް ކަލިނަރީ އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެއް ބާބެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއިން އަންނަނީ މިއަހަރުވެސް ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ މަޤާމު ވިދިވިދިގެން ހަވަނަ ފަހަރަށް ދިފާޢުކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ވޯލްޑްސް ލީޑީންގް ގްރީން ޑެސްޓިނޭޝަންގެ މަޤާމުވެސް ދެވަނަ ފަހަރަށް ދިފާޢުކުރުމަށް ރާއްޖެއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި އެވޯޑުތަކަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަށް ލިބިފައިވާ މަޤުބޫލުކަން އިތުރުކޮށްދޭނެ ކަންކަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment