ޚަބަރު
ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުން އެމްޓީސީސީ އަށް

ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ނައިފަރު ރައްޔިތުންނަށް ފެންވަރު ރަނގަޅު ކުޅިވަރުގެ ވަސީލަތްތައް ލިބިގެންދާނެއެވެ.

މި މަސައްކަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު މިނިސްޓްރީ އޮފް ފިޓްނެސް އެންޑް ރެކްރިއޭޝަންގައެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު، އަބްދުﷲ ރާފިއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ.

މި މަޝްރޫޢުގެ ދަށުން ޅ. ނައިފަރު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަރާމާތު ކުރުމާއި، ޓާފް އަލުން އެޅުމާއި، ދަނޑު ވަށާފާރު ރޭނުމާއި، ފެންސް ރެނޮވޭޓް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ދަނޑަށް އިތުރުކުރުމަށް ދެ ބައްތި ހޮލީދަނޑި ހަރުކުރުމާއި، މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމަށްފަހު، 16,100 އަކަފޫޓު ސަރަހައްދެއްގައި ތިން ފަންގިފިލާގެ އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫޢުއަކީ 24.78 މިިލިއަން ރުފިޔާއަށް، 360 ދުވަސްތެރޭ ނިންމާލުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ގާތްގަނޑަކަށް 6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރުގައި މި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން، އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އަދި މީގެ ސަބަބުން ރަށުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްވެސް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment