ޚަބަރު
މާލެ ސިޓީ ފެހި ތަނަވަސް ސިޓީއަކަށް ހެދުމުގެ މަސައްކަތް: މާލޭ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދަނީ

މާލޭ ސިޓީ ފެހިކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދުމުގެ މަސައްކަތް ފަށައިފި ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. ގިނަ ބަޔަކު އެދެމުންދިޔަ ގޮތަށް މި ފަހަރު ވަނީ ދިވެހި ރުއް އިންދުމަށް ނިންމާފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް، އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީ ފެހިތަނަވަސް ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. މޭޔަރުގެ މި އިޢުލާނާއެކު ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ.

މީގެ ކުރިން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހެދި ބޮޑުތަކުރުފާނު މަގު ފެހިކުރުމުގެ މަސައްކަތް، އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ކުރައްވާފައެވެ. އެ މަގުގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދާފައިވާއިރު، އެ ރުއްތަކާއެކު މާލޭގެ މަލަމަތި ވަރަށް ބޮޑަށް ހިތްފަސޭހަވެ، ރީތިވެގެން ދިޔައެވެ.

ނަމަވެސް، މާލޭގެ މަލަމަތި ރީތިކުރުމަށް ދިވެހި ރުއް އިންދުމަށް ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ. މިކަމަށް ރިޢާޔަތްކޮށް، މި ފަހަރު މާލެ ސިޓީ ކައުންސިލުން ވަނީ ދިވެހި ރުއް އިންދުމަށް ނިންމާފައެވެ. އަދި މިހާރު ރުއް އިންދަން ހަމަޖެހިފައިވާ ސަރަޙައްދަކީ މީގެ ކުރިންވެސް ދިވެހި ރުއް އިންދާފައި ހުރި ސަރަޙައްދެއް ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ހުޅަނގު ފަރާތުގެ ރީތިކަން އިތުރުވެ، ދިވެހިވަންތަ ރީތިކަން ފާހަގަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment