ޚަބަރު
ނަޞްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުން ބަލާލަން ޢާންމުންނަށް 3 ދިމާއަކުން ވަދެވޭނެ

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ބާއްވާ ސިފައިންގެ އަސްކަރީ ހުށަހެޅުންތައް ބަލާލަން ޢާންމުންނަށް ވަދެވޭނެ ތިން ދިމާލެއް ކަނޑައަޅައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން މިއަދު މަޢުލޫމާތު ދެއްވައިފިއެވެ. މި ހަރަކާތް އޮންނާނީ ނަޞްރުގެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. ޢާންމުންނަށް މައިދާނަށް ވަދެވޭނެ ގޮތްތަކާއި، ހަރަކާތުގެ ތަފްޞީލުތައް އެމްއެންޑީއެފް އިން ވަނީ ހާމަކުރައްވާފައެވެ.

ޖުމްހޫރީ މައިދާނުގައި ބާއްވާ ސިފައިންގެ އަސްކަރީ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ނަޞްރުގެ ދުވަހުގެ ހަވީރު 16:15 ގައެވެ. ނަމަވެސް ޢާންމުންނަށް 15:30 އިން ފެށިގެން ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވޭނެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، ޖުމްހޫރީ މައިދާނަށް ވަދެވޭނީ އަމީރު އަޙްމަދު މަގުގެ ދެކޮޅުން ކަމަށެވެ. އެގޮތުން ދިފާޢީ ވުޒާރާ ހިންގާ ބިލްޑިންގެ ކަންމައްޗާއި، ކުރީގެ އެމްއެމްއޭ ހިންގި ބިލްޑިންގެ ހުޅަނގު ކަންމަތިން މައިދާނަށް ވަދެވޭނެއެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސިފައިންގެ ކަންމައްޗާ ދެމެދުންވެސް ޢާންމުންނަށް ވަދެވޭނެ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ވަނުމުގެ ކުރިން ސްކްރީން ކުރާ ތަންތަން ހުންނާނެ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ހާމަކުރައްވާފައެވެ.

ބޮޑުތަކުރުފާނު މަގުން ޢާންމުންނަށް ނުވަދެވޭނެ

ދިފާޢީ ބާރުން ވިދާޅުވީ، ބޮޑުތަކުރުފާނު މަގުން މައިދާނަށް ޢާންމުންނަށް ނުވަދެވޭނެ ކަމަށާއި، އެ ދިމާލުން ވަދެވޭނީ ހަމައެކަނި ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާއި ޢިއްޒަތްތެރިންނަށް ކަމަށެވެ. މިއަހަރުގެ ހަރަކާތުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެއް ހުށައަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެނިގެންދާނެއެވެ. މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި، ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށާއި، މި ހަރަކާތް ވާނީ ޢާންމުން ވަރަށް ޝައުޤުވެރިވާނެ ހަރަކާތަކަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފައިވެއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ޤައުމީ ދިފާޢީ ބާރުން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. އެގޮތުން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު، ޒުވާނުންގެ މަރުކަޒުގައެވެ. މީގެ އިތުރުން ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެ ވަޑައިގަންނަވާ ރަށް ކަމަށްވާ ގދ. ތިނަދޫ ސިޓީގައި ސިފައިންގެ މައުރަޒެއް މިމަހުގެ 7 އަދި 8 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.

ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި 6 ޚާއިނުން، ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!