މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނެވެ.
މަރުވެފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްޢޫދު ޙޮސައިންއެވެ. ފުލުހުން ބުނީ، ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ގެއްލިގެން ހޯދަމުންދިޔަ މީހާއަކީ މަރުވެފައިވާ މަސްޢޫދު ޙޮސައިން ކަމަށެވެ.
މި ހާދިސާގައި ޖުމްލަ 6 މީހަކަށް އަނިޔާވި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ނިޔާވި މަސްޢޫދު ޙޮސައިންއަކީ، އަނިޔާވި 6 މީހުންގެ ތެރެއިން ހާލު ސީރިއަސްވެ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހާއެވެ.
އަނިޔާވެގެން މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީއެކެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

