ޚަބަރު
އެމްއެންޑީއެފްގެ ‘އައްޑަނަ’ މަޖައްލާގެ 38 ވަނަ އަދަދު ނެރެފި

ނަސްރުގެ ދުވަހާ ގުޅުވައިގެން، ދިވެހި ސިފައިންގެ ގައުމީ މަޖައްލާ، “އައްޑަނަ” ގެ 38 ވަނަ އަދަދު އެމްއެންޑީއެފް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އިން ރަސްމީކޮށް ނެރެފިއެވެ. މި އަދަދުގައި ރާއްޖޭގެ ފުންނާބުއުސް އިލްމީ ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިންގެ ފުރިހަމަ ލިޔުންތަކެއް ހިމެނިފައިވާއިރު، އާންމުންނަށް ކިޔާލެވޭނެ ގޮތަށް އޮންލައިންކޮށް ވެސް ވަނީ ޝާއިއު ކޮށްފައެވެ.

އެމްއެންޑީއެފުން ހާމަކުރިގޮތުގައި މިފަހަރު ނެރުނު 38 ވަނަ ޢަދަދުގެ މައިގަނޑު ތީމަކީ “ނަސްރާއި ނަސީބު” އެވެ. މި އަދަދުގައި ގައުމިއްޔަތު، އިޖުތިމާއީ، ދީނާއި ދުނިޔެ، ތާރީހު، އަދި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ތަފާތު ރަހަތަކުގެ އިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ. މިފަދަ ލިޔުންތަކަކީ ގައުމީ ތާރީހާއި ސިފައިންގެ ހިދުމަތްތަކުގެ މައްޗަށް އަލިކަން ފޯރުކޮށްދޭ، އާންމުންނާއި އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑަށް ބަލައިގަނެވޭ މަސައްކަތެކެވެ.

“އައްޑަނަ” މަޖައްލާއަކީ 2007 ވަނަ އަހަރުން ފެށިގެން ރަޖިސްޓްރީކޮށްގެން އާންމުކޮށް ޝާއިޢުކުރަމުން އަންނަ ގައުމީ މަޖައްލާއެކެވެ. ކޮންމެ އަހަރެއްގެ ސިފައިންގެ ދުވަހާއި ނަސްރުގެ ދުވަހާ ގުޅުވައިގެން ދެ ފަހަރު ނެރޭ މި މަޖައްލާގެ މައިގަނޑު ބޭނުމަކީ، ގައުމީ ރޫހު އާލާކުރުމާއި ދިވެހި އަދަބިއްޔާތާއި އިލްމީ ދިރާސާތައް ކުރިއެރުވުމެވެ.

މި އަދަދު ގިނަ ބަޔަކަށް ފަސޭހައިން ކިޔާލެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން، އެމްއެންޑީއެފްގެ ރަސްމީ ވެބްސައިޓާއި އައްޑަނަ މަޖައްލާގެ ވެބްސައިޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ. އަދި އޮންލައިންކޮށް ޑައުންލޯޑުކޮށްގެން ވެސް މި މަޖައްލާ ކިޔާލެވޭނެ އިންތިޒާމު އެމްއެންޑީއެފުން ވަނީ ހަމަޖައްސާފައެވެ. މި ލިންކުން މަޖައްލާ ޑައުންލޯޑް ކުރެވޭނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!