ޚަބަރު
ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އޮނަރަބަލް އިބްރާހިމް ވަހީދެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އަދި ފުވައްމުލަކު ސިޓީ ކައުންސިލް މެންބަރުންނާއި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 11,250 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ފަންގިފިލައެއްގައި 5625 އަކަފޫޓު ހުންނާނެއެވެ. މި މަޝްރޫޢަކީ 15.18 މިލިއަން ރުފިޔާއަށް، 390 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި، 14000 މީހުންގެ އާބާދީއެއް ދިރިއުޅޭ ފުވައްމުލައް ސިޓީގައި ނޭޝަނަލް ލައިބްރަރީގެ ގޮތްޕެއް ޤާއިމުވެގެން ދިއުމަކީ، އެ ރަށަކުން ޢިލްމީ ދަރިންތަކެއް އުފަންކުރި ފުވައްމުލަކަށް އިލްމީ ގޮތުން އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ ކަމެކެވެ. ލައިބްރަރީއެއް ހުރުމަކީ ފުވައްމުލައް ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު މުއްސަނދިވެ ހޭލުންތެރިކަން އިތުރުވުމުގެ ފުރުސަތު ފަހިވާނޭ ކަމެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފައިވާ ކުންފުންޏެކެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment