ޚަބަރު
ސިނގިރޭޓް ވައްކަން: 5 އުޅަނދާއި 21 ތަނެއް ބަލައި ފާސް ކޮށްފި

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓައި ގެއްލުނު ބޮޑު މައްސަލައިގެ ތަހުގީގަށް 19 މީހުން ފުރުން މަނާކޮށް، ފަސް އުޅަނދާއި 21 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި މައްސަލައަކީ ރާއްޖޭގެ ތާރީހުގައި ވެސް ބަދަރުތަކުން އެތައް މިލިއަން ރުފިޔާގެ މުދާ ގެއްލުނު އެންމެ ބޮޑު އެއް މައްސަލައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ ތެރޭގައި އެ ވައްކަމަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ހިމެނެއެވެ. މި ދެ މީހުން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުންގެ ބަޔާނުގައިވާ ގޮތުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ހަތް މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ވައްކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ކޮންޓެއިނަރު ވަގަށް ގެންދިއުމުގައި ބޭނުން ކުރި ދޯނީގެ ކެޕްޓަން (އާދަމް ވަހީދު) ހިމެނެއެވެ. މީގެ އިތުރުން އެމްޕީއެލްގެ މުވައްޒަފުން ކަމަށްވާ ޝަހީމް، ފިރުޝާން އަދި ސާމިހް ވެސް ހައްޔަރުކޮށްފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ޒިވާރަކީ ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެކެވެ. އަދި މުއާޒަކީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓެކެވެ. މިއީ ސަރުކާރުގެ އިސް މުއައްސަސާތަކުގެ މުވައްޒަފުން މިފަދަ ބޮޑު ވައްކަމެއްގައި ބައިވެރިވެފައިވާކަން ހާމަވާ މައްސަލައެކެވެ.

ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހުން

  1. މުހައްމަދު ވަހީދު، ދިގަލި، ބ. އޭދަފުށި (65އ)
  2. އަހުމަދު އާރިފް، މއ. އެވަރގްލޯރީ، ކ. މާލެ (61އ)
  3. ޒިވާރު އިސްމާއިލް މެދުރީގެ، ހދ. ވައިކަރަދޫ (40އ)
  4. މުއާޒް އަލީ، ހ. ނިއުހެޕިނަސް، ކ. މާލެ (48އ)
  5. އަހުމަދު ޝަހީމް، ހދ. ވައިކަރަދޫ، ނޫރަލީގެ (42އ)
  6. އަހުމަދު ފިރުސާން، ހ. ރުމޭނިއާ، ކ. މާލެ (35އ)
  7. ހުސައިން ސާމިހް، އައްޑޫ ހިތަދޫ، ޗާންދަނީގޭ (35އ)
  8. ހަސަން އަބްދުއްރަހްމާން، ލިންކް، ކ. ތުލުސްދޫ (52އ)
  9. އާދަމް ވަހީދު، ކެނެރީގެ، ނ. މިލަދޫ (54އ)

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ތަހުގީގުގެ ދަށުން މިހާތަނަށް 19 މީހުންގެ ފުރުން ވަނީ މަނާކޮށްފައެވެ. އަދި ވައްކަމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ފަސް އުޅަނދެއް ބަލައި ފާސްކުރުމުގެ އިތުރުން، ތިލަފުށި އަދި ހުޅުމާލޭގެ 21 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި ވައްކަން ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ގެތަކާއި، ވިޔަފާރި ތަންތަން ހިމެނެއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގީ ވަރަށް ރޭވުންތެރިކަމާއެކު ކޮންޓެއިނަރު ބަދަލުކޮށްގެންނެވެ. މި ގޮތުން، ވަގަށް ނެގި ކޮންޓެއިނަރުތަކާ އެއްގޮތަށް ދެ ކޮންޓެއިނަރު ތައްޔާރުކޮށް، ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެރުމަށް ފަހު، އެއާ އެއްގޮތަށް ތައްޔާރުކުރި ދެ ކޮންޓެއިނަރު ދޯންޏެއްގައި ޓާމިނަލަށް ގެންގޮސް އެމްޕީއެލް ޓާމިނަލްގައި ބަހައްޓާފައިވެއެވެ. މީގެ އިތުރުން، ވައްކަން ކުރުމުގައި ބޭނުން ކުރި ދޯނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ވެސް ބަދަލުކޮށްފައިވާ ކަން ތަހުގީގަށް ވަނީ ފާހަގަ ކުރެވިފައެވެ.

ސިނގިރޭޓު ހުރި ދެ ކޮންޓެއިނަރު ދޯންޏަކަށް އަރުވައިގެން ތިލަފުއްޓަށް ގެންދިޔުމަށް ފަހު، އެ ދެ ކޮންޓެއިނަރު ވަނީ ހަލާކުކޮށްލާފައެވެ. ފުލުހުން ވަނީ ކޮންޓެއިނަރުގެ ބައިތަކެއް ތިލަފުށިން ހޯދައިފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބަޔާންކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment