ޚަބަރު
12 ރަށެއްގައި 725 ހައުސިން ޔުނިޓް ތަރައްޤީ ކުރަން އަމިއްލަ ކުންފުނިތަކާ ހަވާލު ކޮށްފި

ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ ސަރުކާރުގެ ބޮޑު އަމާޒާ ގުޅިގެން، 12 ރަށެއްގައި ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމަށެވެ.

މި މަޝްރޫޢުތަކުގެ ދަށުން ތަރައްޤީކުރުމަށް ހަވާލުކުރެވުނު ޔުނިޓްތަކުގެ ތެރޭގައި 25 ހައުސިން ޔުނިޓާއި، 50 ހައުސިން ޔުނިޓާއި، 75 ހައުސިން ޔުނިޓްގެ އިތުރަށް 100 ހައުސިން ޔުނިޓް ހިމެނެއެވެ.

މި މަސައްކަތްތައް ހަވާލުކުރެވުނު ކުންފުނިތަކާއި، އެ ކުންފުނިތަކަށް ހަވާލުކުރެވުނު ރަށްރަށުގެ ތަފްސީލު ތިރީގައި މިވަނީއެވެ.

  • ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ގްލެޓް އިންވެސްޓްމަންޓްސްއާ ހަވާލުކުރެވުނުއިރު، ދ. މީދޫގައި 25 ހައުސިން ޔުނިޓާއި، އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓާއި، ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލްޓެކް މޯލްޑިވްސްއާ ވަނީ ހަވާލުކުރެވިފައެވެ.
  • މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް އޮކްސްރޯއާ ހަވާލުކުރިއިރު، ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް މިމްސް ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނެވެ.
  • ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ވޭވްލެންތަށް އަދި ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ސްވިފްޓު އިންޖިނިއަރިންއަށް ހަވާލުކުރެވުނެވެ.
  • ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލާފް ޕްރައިވެޓް ލިމިޓެޑަށް އަދި ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ވައިޓް ލިންކްސްއަށް ވަނީ ހަވާލުކޮށްފައެވެ.
  • ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ފްލެކްސިންކަށް އަދި ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ވެސް ފްލެކްސިންކަށް ވަނީ ހަވާލުކުރެވިފައެވެ.

މި ރަސްމިއްޔާތުގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ އިތުރަށް، ގދ. ރަތަފަންދޫގެ ބަނދަރު ތަރައްޤީކުރުމަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާ ވެސް ވަނީ ހަވާލުކުރައްވާފައެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ. އޭގެތެރޭގައި ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ މި ދައުރުގެތެރޭގައި އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ 20 އަހަރަށް ބަހާލައިގެން 65,000 ގެދޮރުގެ ޔަގީންކަން ރައްޔިތުންނަށް ހޯއްދަވައިދެއްވުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment