ޚަބަރު
ޔާސް އިންވެސްޓްމަންޓްގެ ‘ފޮނި ފޯއް’ ވިއްކަނީ ގަވާއިދާ ހިލާފަށް، ހުއްދަ ނެތި ‘އެޕްރޫވްޑް’ ޖަހައިގެން: އެމްއެފްޑީއޭ

ދިވެހިންގެ މެދުގައި މަގުބޫލުކަމެއް ލިބިފައިވާ ޔާސް އިންވެސްޓްމަންޓުން ތައްޔާރުކޮށް ވިއްކަމުން އަންނަ “ފޮނި ފޯއް” ޕެކެޓުގެ ލޭބަލުގައި “އެޕްރޫވްޑް ބައި އެމްއެފްޑީއޭ” (Approved by MFDA) ޖަހައިގެން ވިއްކަމުން އަންނަނީ ދިވެހިރާއްޖޭގެ ކާނާއާ ބެހޭ ގައުމީ އިދާރާ (އެމްއެފްޑީއޭ) އިން ހުއްދަ ނުހޯދައި ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ. މިކަމާ ގުޅިގެން ކަމާކަންތައް ކުރާ ފަރާތްތަކަށް އޮޅުން އެރުން އެކަށީގެންވާތީ، މިފަދަ ކަންކަން ހުއްޓާލުމަށް އޮތޯރިޓީން ވަނީ ހަރުކަށި އިބާރާތުން އަންގާފައެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔާސް އިންވެސްޓްމަންޓްގެ “ފޮނި ފޯއް” ޕެކެޓަކީ އެ އޮތޯރިޓީން ފާސްކޮށް ހުއްދަ ދީފައިވާ އުފެއްދުމެއް ނޫން ކަމަށެވެ. ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮޅުން އަރާ މުހިންމު ނުކުތާއެއް އެމްއެފްޑީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން، ކާބޯތަކެތި އުފައްދާ، ތައްޔާރުކޮށް އަދި ހިދުމަތް ފޯރުކޮށްދޭ ތަންތަނަށް އެ އޮތޯރިޓީން ހުއްދަ ދޫކުރި ކަމުގައިވީ ނަމަވެސް، އެފަދަ ތަންތަނުން އުފައްދާ ވަކިވަކި އުފެއްދުންތައް ފާސްކޮށް ހުއްދަ ދޫނުކުރާ ކަމުގައި އެ އޮތޯރިޓީން ވަނީ ބަޔާނުގައި ފާހަގަކޮށްފައެވެ.

“އެހެން ކަމުން Approved by MFDA ފަދަ އިބާރާތްތައް އުފެއްދުމުގެ ލޭބަލްގައި ޖަހައިގެން ވިއްކުމަކީ އެތަކެތި ގަންނަ އަދި ބޭނުން ކުރާ ފަރާތްތަކަށް އޮޅުން އަރާ ކަމެއް ކަމުގައި ވާތީ، އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އަންގަމެވެ،” އެމްއެފްޑީއޭގެ ބަޔާނުގައި ވެއެވެ.

އެ އޮތޯރިޓީން އިތުރަށް ވިދާޅުވެފައިވަނީ، އެގޮތަށް އަމަލު ކުރާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 2024/6 ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. މި ޤާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ގިނަ ކަންކަން ބަލައި ކޮންޓްރޯލް ކުރެވޭނެއެވެ.

އެމްއެފްޑީއޭއިން މިކަން ހާމަކޮށްފައި މިވަނީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަމުންދާ ފިޔަވަޅުތައް އިތުރުކުރަމުންދާ ދަނޑިވަޅެއްގައެވެ. ކާނާގެ ސަލާމަތީ މިންގަނޑުތައް ރަނގަޅުކޮށް، ހުއްދަ ނޫން އުސޫލުތަކުން ކާބޯތަކެތި ވިއްކުން ހުއްޓުވުމަށް އެމްއެފްޑީއޭ އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment