ޚަބަރު
ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ސަބަބު އެމްޕީއެލް އިން ހާމަކޮށްފި

އެމްޕީއެލްގެ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލީ ސަބަބު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެތެރޭގެ ތަހުގީގަށް ފަހު ހާމަކޮށްފިއެވެ.

މިމަހުގެ 02 ވަނަ ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސަރަހައްދުގެ ބޭރުގައި ހިނގި ހިތާމަވެރި ހާދިސާގައި، ކޮޅުވެއްޓި (ލޭންޑިންގ ކްރާފްޓް) ބަންޑުން ޖަހާލީ މުދާ އެރުވުމުގެ އޮޕަރޭޝަންސް ނިމުނު ފަހުން އުޅަނދުގެ ކެޕްޓަނުގެ އެދުމަށް އެކްސްކަވޭޓަރެއް (ހައިމާކެއް) އެއްފަރާތަށް ޖެއްސުމުން ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އެތެރޭގެ ތަހުގީގުން ހާމަވެއްޖެއެވެ. މި ހާދިސާގައި އެ ކުންފުނީގެ ދެ މުވައްޒަފަކު ނިޔާވެފައިވެއެވެ؛ އެއީ އެކުންފުނީގެ ބިދޭސީ މުވައްޒަފަކާއި ދިވެހި މުވައްޒަފެކެވެ.

މި ހާދިސާއާއި ގުޅިގެން އެމްޕީއެލުން ހިންގި އެތެރޭގެ ތަހުގީގު ރިޕޯޓް މިއަދު ވަނީ އާންމުކޮށްފައެވެ. ތަހުގީގުގެ އިބްތިދާއީ ހޯދުންތަކުން ދައްކާ ގޮތުގައި، މުދާ އެރުވުމަށް ބޭނުންކުރި ލޭންޑިން ކްރާފްޓްގެ ކެޕްޓަނަކީ މިފަދަ އޮޕަރޭޝަންތަކަށް ގާބިލު މީހެއް ނޫނެވެ. އޭނާގެ އަތުގައި އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނުވަތަ ނިޔަމިކަމުގެ ސެޓްފިކެޓެއް ނެތް ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ލޭންޑިން ކްރާފްޓްގެ މުދާ ބަރުކުރާ ދަގަނޑު ޑެކުގައި ލަކުޑި އަޅާފައި ނެތުމުން މުދާ ކަހާލުމުގެ ފުރުސަތު ބޮޑުވެ، އުޅަނދުގެ ސްޓެބިލިޓީ ގެއްލޭ ގޮތަށް ހުރިކަން ވެސް ތަހުގީގަށް ފާހަގަ ކުރެވުނު ކަމަށް ރިޕޯޓުގައި ބުނެއެވެ.

ތަހުގީގު ރިޕޯޓުގައިވާ ގޮތުން ޑައިރެކްޓް ޑެލިވަރީ (މުދާ އެތެރެކުރާ ފަރާތުން ފޮނުވާ އުޅަނދަކަށް ސީދާ ކާގޯ ބޯޓުން މުދާ ބޭލުން) އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ޤަވާއިދުތަކުގެ ތެރެއިން އުޅަނދުގެ ކެޕްޓަނަށް ވެއްޖެއެވެ. މިގޮތުން، ކެޕްޓަން ދިން އިރުޝާދާ އެއްގޮތަށް 02 އެކްސްކެވޭޓަރު ލޭންޑިން ކްރާފްޓްގައި ބެހެއްޓުމަށްފަހު، ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ވަނީ ނަގާފައެވެ.

ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާ ވެސް ލޭންޑިން ކްރާފްޓުގެ ކެޕްޓަންގެ އެދުމުގެ މަތިން ލޭންޑިން ކްރާފްޓުގެ ކުރީކޮޅުގައި ހުރި އެކްސްކެވޭޓަރު ޕޯޓްސް ފަރާތަށް ޖެއްސުމާއި ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ލޭންޑިން ކްރާފްޓް ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގިއިރު އެ ކުންފުނީގެ 10 މުވައްޒަފުން އެ އުޅަނދުގައި ތިބެންޖެހުނީ މަސައްކަތް ނިމި، އެނބުރި މާލެ އައުމަށްޓަކައި ޓަގު ބޯޓަށް އެރެން އަންނަނީ ލޭންޑިން ކްރާފްޓް ގިރާކޮށްފައިކަމުން އެ އުޅަނދު ހުރަސްކޮށްފައި އޮތުމުން ލޭންޑިން ކްރާފްޓުގައި މަޑުކޮށްލައިގެން ތިބީ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

އެމްޕީއެލްގެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ލޭންޑިން ކްރާފްޓަށް 02 އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ އެފަދަ އޮޕަރޭޝަންސްތަކުގައި މިވަގުތު އަމަލުކުރަމުންދާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment