ޚަބަރު
ކޮޅުވެއްޓި، ބާޖު، ޓަގް ދުއްވުމުގައި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި، ބާޖު، އަދި ޓަގްފަހަރު އޮޕަރޭޓް ކުރުމުގައި އިތުރަށް ސަމާލުވެ، ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިލްތިމާސްކޮށްފިއެވެ. މި އިލްތިމާސް އައީ، މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެމީހަކު ނިޔާވި ހާދިސާއާ ގުޅިގެންނެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި ހާދިސާއާ ގުޅިގެން ހިންގި ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެ ކޮޅުވެއްޓި ދުއްވަން ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެކެވެ. އަދި ކޮޅުވެއްޓި ބަންޑުން ޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށް ވެސް އެމްޕީއެލްގެ ރިޕޯޓުގައިވެއެވެ. ނަމަވެސް، ކޮޅުވެއްޓި ދުއްވަން އެ ވަގުތުގެ ހުރި ކެޕްޓަންގެ އާއިލާ އިން މިކަން ދޮގުކޮށް، ކެޕްޓަން އަތުގައި ލައިސަންސް އޮންނަ ކަމަށާއި، އެކައްޗަށް ވުރެ ގިނައިން އެކްސްކަވޭޓަރު ނާރުވަން ވެސް ކެޕްޓަން އެންގިކަމަށް ބުނެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޮޅުވެއްޓި، ބާޖު، އަދި ޓަގްފަހަރު އޮޕަރޭޓް ކުރުމުގައި ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ. މިނިސްޓްރީން ބެލި ބެލުމުން ފާހަގަވެފައި ވަނީ، މިފަދަ އުޅަނދުފަހަރު އޮޕަރޭޓް ކުރަމުން ގޮސްފައި ވަނީ އެކަމުގެ ކެޕޭސިޓީ ނެތް ކެޕްޓަނުން ކަމެވެ.

މިނިސްޓްރީން ހަނދާންކޮށްދީފައިވާ ގޮތުގައި، ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދު ފަހަރުގައި ކެޕްޓަނުންގެ ގޮތުގައި މަސައްކަތް ކުރެވެނީ ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރުކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދުގައި ބުނާ ޝަރުތުތައް ފުރިހަމަވާ ކެޕްޓަނުންނަށެވެ. އެގޮތުން، 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދު ފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3000 ގްރޮސްޓަންގެ ކެޕްޓަނުންނަށެވެ.

އަދި ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އަދި އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާއި އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖު އެންޑޯޒްމަންޓް ލިބިފައިވާ ކެޕްޓަނުންނަށް ކަމަށް މިނިސްޓްރީން ބުނެއެވެ. ޓްރާންސްޕޯޓު މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ، މިފަދަ އުޅަނދުތައް ކެޕޭސިޓީގެ ކެޕްޓަނުން ބޭނުންކޮށްގެން އޮޕަރޭޓް ކުރުމަށާއި، އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭނެގޮތަށް ބަރުކުރުމާއެކު މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރަށް ފެށުމަށް ސަމާލުކަން ދިނުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment