ޚަބަރު
ޑަބްލިއުޓީއެމް ފެއަރ ކާމިޔާބު، އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށް ވެގެންދާނެ: ވަޒީރު ޠާރިޤް

އިނގިރޭސިވިލާތުގެ ލަންޑަނުގައި ބާއްވާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މަޢުރަޒު ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ފެއަރ ނިމިގެންދިޔައިރު، މިއަހަރުގެ ފެއަރ ވަރަށް ކާމިޔާބު ކަމަށާއި، ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ފެއަރގެ ފަހު ދުވަހު ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
މި އަހަރުގެ ޑަބްލިއުޓީއެމް ފެއަރގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަފްދުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 70 ވިޔަފާރިއަކުން 160 ފަރާތެއް ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ ފުރިހަމައަށް ރަމްޒުކޮށްދޭ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ 650 އަކަމީޓަރުގެ ސްޓޭންޑުގައި މި ކުންފުނިތަކުން ގިނަ ބައްދަލުވުންތަކާއި، މުޢާމަލާތްތައް ހިންގާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މިފަދަ މަޢުރަޒުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ދުނިޔޭގެ މާކެޓުތަކަށް ތަޢާރަފްކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މިއަހަރުގެ މަޢުރަޒުގައި ރާއްޖޭގެ ވަފްދުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. މި މައުރަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، އިނގިރޭސިވިލާތަކީ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި މާކެޓުގެ ދެމެހެއްޓެނިވި ކުރިއެރުމަކީ އިނގިރޭސި ފަތުރުވެރިންނާއެކު އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޑަބްލިއުޓީއެމް ވަރަށް ކާމިޔާބު ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކޮށްފައިވެއެވެ. “ވަރަށް ކާމިޔާބު މިއަހަރުގެ ޑަބްލިއުޓީއެމް، ގާތްގަނޑަކަށް 4000އަށްވުރެ ގިނަ ފަރާތުން ރާއްޖޭގެ ސްޓޯލްތަކަށް ޒިޔާރަތްކުރި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ، ޔޫރަޕްގެ ސަރަހައްދުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޑަބްލިއުޓީއެމްގެ ތެރެއިން މުހިއްމު ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާކަަމާއި މިއީ ރާއްޖެއަށް އަަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިގޮތުން ތުރުކީވިލާތް އަދި ގްރީސްގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކޮށް، އެޤައުމުތަކުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަޝްވަރާކުރެވިފައިވާ ކަމަށެވެ. މީގެ އިތުރުން އެކި އެއަރލައިންތަކާ، ހާއްސަކޮށް ބްރިޓިޝް އެއަރވޭސް، އަދި ވަރޖިން އެޓްލާންޓިކްއާ ބައްދަލުކޮށް ރާއްޖެއަށް އިތުރު ފްލައިޓުތައް ގެނެސް އެ އެއަރލައިންތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ފެންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް މި ސިނާއަތުގެ ނަފާ އެންމެންނަށް ލިބޭނެ މަގު ފަހިކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އިންގިރޭސިވިލާތަކީ، ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. އެޤައުމަކީ، މިހާރު ރާއްޖެއަށް 3ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން މިއަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް އިނގިރޭސިވިލާތުން ރާއްޖެއަށް 159،615 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ، 2024 އަހަރާއި އަޅާބަލާއިރު %16 ގެ ކުރިއެރުމެކެވެ. މިފަދަ މަޢުރަޒުތަކުން ލިބޭ ފައިދާއާއެކު މި އަދަދުތައް އިތުރަށް މަތިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment