ޚަބަރު
ތިނަދޫ ސިޓީގައި ބާއްވާ ‘ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު’ ހުޅުވައިފި

ތިނަދޫ ސިޓީގައި “ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު” އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ހުޅުއްވައިދެއްވި މި މައުރަޒު ހާއްސަކޮށްފައިވަނީ 1988 ނޮވެންބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ޝަހީދުވި ދިވެހި އަބްތާލުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. މި މައުރަޒު ކުރިއަށް ދާނީ މިރޭގެ ނިޔަލަށް، ގދ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި މި މައުރަޒު ބޭއްވުމަކީ އެ ޝަހީދުގެ ހަނދާން އާކުރުމުގެ އިތުރުން ގައުމީ ރޫހު އާލާކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް، 1988 ނޮވެންބަރު ތިނެއްގައި ރާއްޖެއަށް އުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ހިމަނާފައިވާ ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން ވީ ގުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ފުރިހަމައަށް ތަސައްވުރުކޮށްލެވޭނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މިއަދާއި މާދަމާ، ނޮވެންބަރު 8 ވަނަ ދުވަހުގެ ނިޔަލަށެވެ. އިއްޔެ މައުރަޒު ހުޅުވާފައި ހުރީ ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މިއަދު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް، މެންދުރުފަހު 14:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

އެ ހަރަކާތްތަކުގެ ތެރެއިން، މިއަދު ހަަވީރު 16:00 ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަހުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުން ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!