ޚަބަރު
ދެ ދުވަހުގެ ތެރެއިން ހުޅުމާލެއިން 47 އުޅަނދު ޓޯކޮށް 18 މީހަކު ޖޫރިމަނާ ކޮށްފި

ދެ ދުވަހުގެ ތެރޭގައި ހުޅުމާލެއިން ޖުމްލަ 47 އުޅަނދު ޓޯކޮށް، 18 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން ފުލުހުން ވަނީ މިހާރަކަށް އައިސް މަސައްކަތްތައް ވަރުގަދަކޮށްފައެވެ.

ފުލުހުން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި،  ދެ ދުވަހުގެ ތެރޭގައި ހުޅުމާލެއިން ޓޯކުރި 47 އުޅަނދުގެ ތެރޭގައި ހިމެނެނީ 46 ސައިކަލާއި، އެއް ހަތަރުފުރޮޅުލީ އުޅަނދެވެ. މި އުޅަނދުތައް ޓޯކުރި ސަބަބުތަކަށް ބަލާއިރު، 36 ސައިކަލު ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރުމުންނެވެ. އަދި ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން އަށް ސައިކަލު ޓޯކޮށްފައިވެއެވެ. ނުރައްކާތެރިކޮށް ދުއްވައިގެން އެއް ސައިކަލު ޓޯކުރިއިރު، އިތުރު އެއް ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދު ޓޯކުރީ އެހެނިހެން މައްސަލަތަކާ ގުޅިގެންނެވެ.

މި އޮޕަރޭޝަންގެ ދަށުން މިދިޔަ ދެ ދުވަހު ޖުމްލަ 18 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ. އޭގެ ތެރެއިން 16 މީހުންނަކީ ސައިކަލު ދުއްވި މީހުންނެވެ. ބާކީ ދެ މީހުންނަކީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި ފަރާތްތަކެެވެ.

ނުގަވައިދުން ދުއްވުމާއި، ނުގަވައިދުން ޕާކުކުރުމަކީ މާލެއާއި ހުޅުމާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. ޕާކުކުރުމުގެ ޖާގަ ނެތް މައްސަލައަކީ ވެސް މި ދެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ފުލުހުން މިފަދަ އޮޕަރޭޝަންތައް ހިންގަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ގަވައިދަށް ބޯލެނގުމަށް ބާރުއެޅުމުގެ ގޮތުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment