ޚަބަރު
ކުލަގަދަ ރަސްމިއްޔާތަކާއެކު، ރިޔާޛުގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ފަށައިފި

އިސްލާމީ ގައުމުތަކުގެ އެކުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ރޭ ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޛުގައި ބާއްވައިފިއެވެ. ކުލަގަދަ ރަސްމިއްޔާތަކަށްފަހު ފެށުނު މި ގޭމްސްގައި، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ސަޢުދީ ޢަރަބިއްޔާގައި އެންމެ ފުރަތަމަ ބޭއްވިއިރުގެ އުސްއަލިތައް ވަނީ ހަނދާންކޮށްދީފައެވެ.

މި އަހަރުގެ ގޭމްސްގައި ދިވެހިރާއްޖޭގެ ދިދަ އުފުލާލާފައިވަނީ ގައުމީ ޓޭބަލް ޓެނިސްގެ އެންމެ ފަހުގެ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމާއި، ގައުމީ ސީނިއަރ ފެތުންތެރިޔާ އިމްއާން ޢަލީއެވެ. ރަފާއާއި އިމްއާން ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް، ރާއްޖެއަށް ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ. ނަމަވެސް، މި ދެ އެތުލީޓުން މިފަދަ ބޮޑު ގޭމްސްއެއްގައި ދިވެހި ދިދަ އުފުލާލި މިއީ ފުރަތަމަ ފަހަރެވެ.

ރޭ ފެށި މި ގޭމްސްގައި ރާއްޖެއިން ވާދަކުރާނީ ފެތުން، ޓޭބަލް ޓެނިސް، ހޭންޑްބޯޅަ އަދި އެތުލެޓިކްސްގައެވެ. ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަނަރަކީ ކުޅިވަރުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްފައިވާ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ. އަދި ޑެޕިއުޓީ ޗެފް ޑިމިޝަނަރަކީ މަރިޔަމް ޝައުފާއެވެ.

އެންމެ ފަހުން 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ވާދަކުރީ ހަތަރު ކުޅިވަރެއްގައެވެ. އެއީ ޓޭބަލް ޓެނިސް، ފެތުން، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ އަދި އެތުލެޓިކްސްއެވެ. އެ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައި، ލޯ މެޑެލް ހާސިލުކޮށްފައެވެ. މިފަހަރުގެ ގޭމްސްއިންވެސް ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ކާމިޔާބީތަކެއް ހާސިލުވާނެ ކަމަށް އުންމީދު ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment