ޚަބަރު
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް އިން ތިނަދޫގައި ބޭއްވި ‘މިލިޓަރީ ޑިސްޕްލޭ’ އަށް ބޮޑު ތަރުހީބެއް

1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ނިރުބަވެރި ހަމަލާއިން ގައުމު ސަލާމަތްކުރި ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ތިނަދޫ ސިޓީގައި ވަރުގަދަ “މިލިޓަރީ ޑިސްޕްލޭ”އެއް މިއަދު ހުށަހަޅައިދީފިއެވެ. ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި ހަރަކާތް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ.

މި ޝަރަފުވެރި ޑިސްޕްލޭ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އެމަނިކުފާނުގެ ބައިވެރިވުމާއެކު މި ހަރަކާތަށް އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައިވެއެވެ.

މި ޑިސްޕްލޭގައި އެމްއެންޑީއެފުން ވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް އެއްގަމުގެ ބާރުން ހިންގާ އޮޕަރޭޝަނެއްގެ މަންޒަރު ވަރަށް ފުރިހަމައަށް ދައްކުވައިދީފައެވެ. ޑިސްޕްލޭގައި ދައްކުވައިދީފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ސިއްރިއްޔާތުގައި ދުސްމިނުންގެ ސެލްތަކެއް ހަރަކާތްތެރިވާކަން އެމްއެންޑީއެފް ޑިފެންސް އިންޓެލިޖެންސް ސަރވިސްއަށް ލިބޭ ކަށަވަރު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، އެ ދުސްމިނުންގެ އޮބްޖެކްޓިވްތައް ނައްތާލުމަށް އެމްއެންޑީއެފްގެ ބާރުތަކުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަންޒަރުތަކުން އެމްއެންޑީއެފްގެ ޤާބިލުކަމާއި ކުޅަދާނަކަން ވަރަށް ރަނގަޅަށް ދައްކުވައިދީފައިވެއެވެ.

މި ޑިސްޕްލޭއަށްފަހު އާއިލީ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ، ގައުމަށްޓަކައި ޝަހީދުވެފައިވާ ބަޠަލުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމެވެ. މީގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމަށްވެސް މި ހަރަކާތްތަކުން މަގުފަހިކޮށްދީފައިވެއެވެ.

އެމްއެންޑީއެފްގެ މި ޑިސްޕްލޭއަށާއި އާއިލީ ހަވީރަށް، ތިނަދޫ ސިޓީގެ އާންމުންނާއި ޚާއްސަކޮށް ކުޑަކުދީންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. ގިނަ އަދަދެއްގެ ރައްޔިތުން މި ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހި ސިފައިންނަށް ހިތްވަރުދީފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!