ޚަބަރު
ޑްރޯން ބޭނުންކޮށްގެން އަތުލައިގަތް މަސްބޯޓު ގައި 300 ކިލޯގެ މަސްތުވާތަކެތި

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފްގެ އެއަރކޯރއިން ހިންގި ޑްރޯން ސަރވެއިލަންސް އޮޕަރޭޝަނެއްގައި އިއްޔެ އަތުލައިގަތް މަސްބޯޓުގައި 300 ކިލޯގްރާމް (ކިލޯ) ގެ މަސްތުވާތަކެތި ހުރިކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ަަދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެމުން ފުލުހުން ވަނީ އިއްޔެ އަތުލައިގަތް މަސްބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަރވެއިލަންސެއްގައި މި ބޯޓު ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވި، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓް ކުރުމަށްފަހު ކަމަށެވެ. މި ހާދިސާ ހިނގި ސަރަހައްދުގެ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިންވެސް ދީފައެއް ނުވެއެވެ.

މި ކާމިޔާބީއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދުމަށްފަހު، އެ ކޯރގެ ޤާބިލުކަން ދައްކުވައިދިން އެއް ކާމިޔާބީއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމްއެންޑީއެފްގެ އެއަރ ކޯރ އުފެއްދެވީ 2024 މާރިޗު 15 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ. މި ޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.

އެއަރ ކޯރއާއެކު 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް މިހާރު ވަނީ ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދުތަކަށް ލިބިފައިވެއެވެ.

މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސިފައިން ބަލަހައްޓަމުންދިޔައީ ބޮޑެތި ދަތިތަކާއެކު، ހަމައެކަނި ކޯސްޓްގާޑު ކަނޑުގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!