ޚަބަރު
ނިލަންދޫ ރާވެރިޔާ 2025: އެއްވެސް މެޗަކުން ބަލިނުވެ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ޓޮޕް ބްރަދާސް ހޯދައިފި

ނިލަންދޫ ރާވެރިޔާ 2025 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ޓޮޕް ބްރަދާސް ހޯދައިފިއެވެ.

ނިލަންދޫ ރަސްމީ ވޮލީ ކޯޓުގައި ކުރިއަށް ދިޔަ މި މެޗު އެޓީމުން ކާމިޔާބު ކުރީ  3-0 ސެޓުންނެވެ.

ސެޓު ފަށައިގެން ޓޮޕް ބްރަދާސްގެ ޝަމާއިލްގެ ބާރު ޝޮޓުތަކެއް ކާމިޔާބު ޓޮޕް ބުރަދާސް ލީޑު ނެގިއެވެ. އެހެންނަމަވެސް ގެމަނަފުށީ ވޮލީ ކުލަބުގެ ހުޒަންޓޭގެ ކާމިޔާބު ޝޮޓުތަކާއިއެކު ލީޑް ކުޑަކުރިއެވެ. އެއާއިއެކު ފުރަތަކަ ޓައިމޯޓު ނެގިއިރު 10-4 ކުރީގައި އޮތީ ޓޮޕް ބްރަދާސް އެވެ. ޓައިމޯޓަށް ފަހު ގެމަނަފުށީ ޓީމް ފެނިގެން ދިޔައީ މާ މޮޅުކޮށެވެ.  10-11 ސްކޯ ބަދަލުކުރީ މޮޅަށް ކުޅެގެންނެވެ. ދެވަނަ ޓައިމޯޓަށް ދިޔައިރު 17-14 އިން ލީޑުގައި އޮތީ ގެމަނަފުށީ ވޮލީ ކުލަބެވެ.  ގިނައަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗަކީ މިހާތަނަށް މި މުބާރާތުގައި ކުޅެވުނު އެންމެ ފޯރިގަދަ މެޗެވެ. މިސެޓުގައި ވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ އަލީ ހުޒާމްގެ ބާރު ޝޮޓު ތަކާއި ކާމިޔާބު ހަމަލާތަކެވެ. މިސެޓު 25-23 އިން ކާމިޔާބު ކުރީ ގެމަނަފުށީ ވޮލީ ކުލަބެވެ.

ދެވަނަ ސެޓު ފަށައިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވާދަވެރި ކުޅުމެކެވެ. ގާތްގާތުގައި ދެޓީމްވެސް ދިޔައީ ޕޮއިންޓްތައް ހޯދަމުންނެވެ. އެހެންނަމަވެސް ގެމަނަފުށި ޓީމްއަށް ރަނގަޅަށް މެޗު ތެރެއަށް ނުވަދެވެނީސް ޓޮޕް ބްރަދާސްއިން މިސެޓުގެ ބޮޑު ލީޑެއް ނެގިއެވެ. 8 ޕޮއިންޓްގެ ލީޑަކާއިއެކު ކުރިއަށްދިޔަ މިސެޓުގައި ޓޮޕް ބްރަދާސް ފެނުނީ ތަފާތު ކޮށެވެ. މިސެޓު ބޮޑު ލީޑަކާއިއެކު 25-14 އިން ނެގީ ޓޮޕް ބްރަދާސްއެވެ.

3 ވަނަ ސެޓު ގެމަނަފުށިން ފެށީ އިތުބާރާއިއެކު އެވެ. ދެވަނަ ސެޓާއި ހިލާފަށް މިސެޓުގައި ލީޑް ކުރަމުންދިޔައީ ގެމަނަފުށީ ވޮލީޓީމެވެ. 4 ޕޮއިންޓުގެ ލީޑުގައި ކުޅެމުން ދިޔަ ނަމަވެސް ޓޮޕް ބްރަދާސް ވަނީ 12-12 އަށް ބަދަލުކޮށްފައެވެ. މިސެޓުގައި ވެސް ދެ ޓީމްގެ ބާރު ޝޮޓުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި ސެޓުގައި ދެޓީމްވެސް ދިޔައީ ވަރަށް ގާތްގާތުގައި ސްކޯކުރަމުންނެވެ. ސެޓުގެ ފަހުކޮޅު ގެމަނަފުށި ޓީމްއިން ވިސްނުންތެރިކަމާއިއެކު ހޯދި ޕޮއިންޓްތަކުން 25-23 އިން ސެޓު ކާމިޔާބު ކުރިއެވެ.

މެޗުގެ ހަތަރު ވަނަ ސެޓު ފަށައިގެން ލީޑުގައި ކުޅެމުން ދިޔައީ ޓޮޕް ބްރަދާސް އެވެ. މިސެޓުގައި ޝަމާއިލްގެ ކުޅުން ވަރަށް ބޮޑަށް ފާހަގަވިއެވެ. ރަނގަޅު ޝޮޓުތަކެއް ކާމިޔާބުކޮށް 8-14 އިން ފަސް ޕޮއިންޓްގެ ލީޑެއްވަނީ ނަގާފައެވެ. ހުޒާމްގެ ބާރުހަމަލާތަކަށް ޝަމާއިލްގެ ބްލޮކް ކާމިޔާބުކޮށް، ސެޓުގައި ބޮޑު ލީޑެއް ނަގައި  25،15 އިން ސެޓު ކާމިޔާބު ކުރިއެވެ.

ޓައިބްރޭކް ސެޓު

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އަކީ ޓޮޕް ބްރަދާސްގެ ޝަމާއިލް އާދަމްއެވެ.

ބެސްޓް ސަޕޯޓާސް ޓީމަކީ ޓޮޕް ބްރަދާސް އެވެ.

މުބާރާތުގެ އެކިއެކި މަގާމްތައް

އެންމެ މޮޅު ލިބަރޯ ބޮންބޮންގެ ޝަނީޒް

އެންމެ އުއްމީދީ ކުޅުންތެރިޔާ ގެމަނަފުށީ ވޮލީ ކުލަބުގެ މުހައްމަދު ފައިޝް ފަހީމް

ފެއާރ ޕްލޭ ޓީމް ގެމަނަދުފުށީ ވޮލީ ކުލަބު

އެންމެ މޮޅު ކޯޗު  ޓޮޕް ބްރަދާސްގެ އަހުމަދު މުއައްމަރު

އެންމެ މޮޅު 6 ކުޅުންތެރިން

  • ޝަމާއިލް ހުސެއިން
  • އަހުމަދު އަޒީމް
  • ހަސަން ނިލާމް
  • އަލީ ހުޒާމް
  • ނަދީމް ހުސެއިން
  • އަލީ ހަމީދު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ  ޓޮޕް ބްރަދާސް ގެ ޝަމާއިލް ހުސެއިން އެވެ.

ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް50000 ( ފަންސާސް ހާސް ) ރުފިޔާގެ އަދި ކޮންމެ ޑިވިޝަނެއްގެ ރަނަރަޕް ޓީމަށް 25،000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން ބޭއްވުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ގއ ގެމަނަފުށީ ވޮލީ ކުލަބެވެ. އަދި ފިރިހެން ޗެމްޕިއަން ޓީމަކީ ގއ ނިލަންދޫ ޓޮޕް ބްރަދާސްއެވެ.

މި މުބާރާތަކީ ހުވަދު އަތޮޅުގައި އެންމެ ޒަމާންވީ އެއްމުބާރާތެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ރާވެރިޔާ މުބާރާތުގައި ކުޅެމުންދެއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ ގައުމީ ވޮލީ ކުޅުންތެރިން ކަމުގައި ވާ ޝަމާއިލް ،ހުޒާމް، ޝާމިލް، ނިލާމް( ޕާޓޭ) ކުޅޭނެއެވެ. އަދި މީގެ އިތުރުން އަޒީމް ވެސް މި މުބާރާތުގައި ކުޅޭނެއެވެ.

އަންހެން ޑިވިޝަންގައި ވެސް ރާއްޖޭގެ މޮޅު ކުޅުންތެރިންގެ ކުޅުން ފެނިގެން ދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ގައުމީ އަންހެން  ޓީމް ކުޅުންތެރިޔާ މާޖިދާ، އަދި ރަފާގެ ކުޅުން ފެނިގެން ދާނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!