ހުޅުމާލޭ ފޭސް ދޭއްގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކު ނިޔާވެ، އިތުރު ދެމީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ. މި ހިތާމަވެރި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިކަގަސްމަގުގައެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ ކ. ދިއްފުށީ، ލައިޓް ގާޑަން، އިސްމާއިލް ރައްޔާން ބިން ނާޒިމް (19އ.) ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދެއްވި މައުލޫމާތުގައިވާ ގޮތުން، އެކްސިޑެންޓް ހިނގިއިރު ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ދީފައެވެ. ނިޔާވި މީހާގެ އިތުރުން އަނިޔާވި ދެމީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓްގެ ހަބަރު ލިބުމާއެކު ފުލުހުންގެ ޓީމުތައް ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި، މިހާރުވެސް ނިކަގަސްމަގުގެ އެ ސަރަހައްދުގައި ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ،

