ޚަބަރު
ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭ އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔުގެ ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާފައިޓަރުން މިހާރުވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފަޅުތެރޭގައި އޮތް ބޯޓެއްގައި އަލިފާނުގެ ހުޅުގަނޑު ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެއެވެ. މިހާދިސާގައި މިހާތަނަށް މީހަކަށް އަނިޔާވިކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އަލިފާން ރޯވި ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!