ޚަބަރު
ކާށިދޫ ފަރަށް އެރި ބޯޓުން 10 މީހުން ސަލާމަތް ކޮށްފި؛ އެކަކު ގެއްލިގެން ހޯދަނީ

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރަމުންދިޔަ ބޯޓަކުން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި “ފައިސަލާ ބޯޓް” އެރަށު ދެކުނު ފަރަށް އަރައިފި އެވެ. މި ހާދިސާ ރިޕޯޓްކުރެވުނީ 2025 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 19:52 ހާއިރު އެވެ. ފަރަށް އެރި ބޯޓުން ބިދޭސީއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު ބޭރުން ފަރަށް އަރާފައިވާއިރު ބޯޓުން އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން ބުނީ ބޯޓުގައި ޖުމްލަ 11 ފިރިހެނުން ތިބި ކަމަށެވެ. މީގެ ތެރޭގައި 5 ދިވެހިންނާއި 6 ބިދޭސީން ހިމެނެ އެވެ.

އޭގެތެރެއިން 10 މީހުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފަ އެވެ.

ގެއްލުނު ބިދޭސީ މީހާ ހޯދުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!