ޚަބަރު
ގެއްލުނު މީހާ ފެނިއްޖެ، ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި: ފުލުހުން

މާލެއިން ފުރައިގެން ކ. ކާށިދޫއަށް ދަތުރުކުރި “ފައިސަލާ ބޯޓް” އެރަށު ދެކުނު ފަރަށް އެރުމުގެ ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު (30އ) އެ ބޯޓު ފަރަށް އެރި ސަރަހައްދުގެ ކަނޑުން ވަނީ ފެނިފައެވެ. އެހެންނަމަވެސް ކާށިދޫ ސިއްހމަރުކަޒަށް ގެންދިޔަައިރުވެސް އެމީހާ އޮތީ މަރުވެފައި އޮއްވާ ކަމަށެވެ. ކާށިދޫ ހެލްތު ސެންޓަރަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާ ރިޕޯޓްކުރެވުނީ 2025 ނޮވެމްބަރު 11 ވަނަ ދުވަހުގެ ރޭ 19:52 ހާއިރު އެވެ. ބޯޓު ކާށިދޫއަށް ވަންނަން އުޅުމުގެ ތެރޭގައި އެ ރަށު ނެރު ބޭރުން ފަރަށް އެރީ ކަމަށް މައުލޫމާތު ލިބެ އެވެ.

ބޯޓުގައި ޖުމްލަ 11 ފިރިހެނުން ތިއްބެވެ. މީގެ ތެރޭގައި 5 ދިވެހިންނާއި 6 ބިދޭސީން ހިމެނެ އެވެ. ހާދިސާ ހިނގުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ 10 މީހުން ސަލާމަތްކޮށްފަ އެވެ. ގެއްލުނު ބިދޭސީ މީހާ ހޯދުމަށް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން ދަނިކޮށް ފެނުނީ މަރުވެފައި އޮއްވައެވެ.

ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާއި ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތައް އޮޔާދާތީ ސަމާލުވުމަށް އެދިފަ އެވެ. އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!