ޚަބަރު
ސައުތު ސެންޓްރަލް ސަރަޙައްދުގައި ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުމަށް ފުލުހުން ޚާއްސަ ޓީމެއް އުފައްދައިފި

މ. ފ. ދ. ތ. އަދި ލ. އަތޮޅު ހިމެނޭ ސައުތު ސެންޓްރަލް ސަރަޙައްދުގައި ހިންގާ ބޮޑެތި ކުށްތައް ތަހުގީގުކުރުން އަވަސްކޮށް ހަރުދަނާކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަކޮށްގެން އިންވެސްޓިގޭޝަން ޓީމެއް އުފައްދައިފިއެވެ. މި ޓީމު އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މި ސަރަޙައްދުގައި ހިނގާ ބޮޑެތި ކުށްތައް ފަސޭހައިން ތަހުގީގުކޮށް، ޝަރީޢަތަށް ހުށަހެޅޭ މިންވަރަށް ހަރުދަނާކުރުމެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ސައުތު ސެންޓްރަލް ރީޖަންގެ ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު އަޒްހާން ވިދާޅުވީ، އެ ރީޖަންގައި ދިމާވާ މައްސަލަތައް ތަހުގީގުކުރުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، “ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް އިންވެސްޓިގޭޝަން” ޓީމެއް މިހާރު އުފައްދާފައިވާ ކަމަށެވެ. މިއާއެކު، ބޮޑެތި މައްސަލަތައް ޚާއްސަ ޓީމެއްގެ ތެރެއިން ތަހުގީގުކުރެވިގެންދާ ގޮތަށް މިހާރު ބައްޓަންކުރެވިފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަމަކީ މި ރީޖަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި އަޒްހާން ސިފަކުރެއްވިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު އަޒްހާން ވިދާޅުވީ، ބޮޑެތި ކުށްތައް ނުވަަތަ މައްސަލަަތައް ތަހުގީގުކުުރުމަށް ވަކި ޓީމެއް ޤާއިމްވެގެންދިއުމާއެކު، މައްސަލަތައް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަހުގީގުކޮށް، ދަޢުވާ ކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. “އެހެންވީމާ އެކަމުގެ ސަބަބުންވެސް އަޅުގަނޑުމެންނަށް ނެރެވުނު ނަތީޖާއަކީ އެކަމަށް ޚާއްސަ ބަަޔަކު ތިބުމުިގެ ސަބަބުން މި ރީޖަންގައި ހިންގާ ބޮޑެތި ކުށްތައް ކުރު މުއްދަތެއްގެ ތެރޭގައި އަވަހަށް ތަހުގީގުކޮށް ދަޢުވާ ކުރުމަށްޓަަކައި ޕްރުސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިގެން ދިއުން. އެގޮތުން މިހާރުވެސް އަޅުގަނޑުމެން ވާނީ އެފަދަ 3 މައްސަލައެއް ޕީޖީ އޮފީހަށް ފޮނުވާފަ. އެއީ ގާތްގަނޑަަކަށް ބުނަންޏާކު މީގެ ދެމަހެއްހާ ދުވަސް ތެރޭގައި،” އަޒްހާން ވިދާޅުވިއެވެ.

ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ. މި 5 އަތޮޅެވެ. މި ރީޖަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ އަތޮޅުތަކުގައި ތިބި ކޮމާންޑަރުން ދަނީ އެ އަތޮޅެއްގެ އަދި ރަށެއްގެ ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަޝްވަރާކޮށް އިތުރު މަސައްކަތްތައް ކުރަމުންނެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން ސަރަޙައްދުގެ އަމާންކަން ކަށަވަރުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment