ޚަބަރު
އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ‘ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން’ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި

ކ. ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ. މި ދެ މަޝްރޫޢުގެ ނިމުން ފާހަގަކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. ގުޅިއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ގުޅީ ކައުންސިލްގެ އިސްވެރިންގެ އިތުރުން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ގުޅީ ކައުންސިލާ ވަނީ ހަނދާނީ ފިލައެއް ޙަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރަބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި ކައުންސިލްގެ ފަރާތުން ފިލައާއި ޙަވާލުވެލެއްވީ ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްއެވެ.

ގުޅީ ބިންހިއްކުމުގެ މަޝްރޫއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންނެވެ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މަރޗުމަހުއެވެ. މި މަޝްރޫޢުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއެކު 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ވަނީ ޖަހާފައެވެ.

ގުޅިއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދަމުންދާ ރަށެކެވެ. މި މަޝްރޫޢުގެ ސަބަބުން ރަށުގެ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުވެ، ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ލުއި ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މީގެ އިތުރުން ރަށުގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވެސް ސަރުކާރުން ލަފާކުރައްވައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment