ޚަބަރު
ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ރައީސް މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާ ފެންނާނެކަން ޔަގީން: ޑރ. އަނާރާ

ޤައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަވާ މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާއާ ފައިދާ ފެންނާނެ ކަމީ ޔަޤީން ކަމެއްް ކަމުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ ހުރާ ހިމެނޭ ކ. ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމަށް މިއަދު އެ ރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ ޤައުމުން މިހާރު ފެންނަމުންދާ ބަދަލުތަކުގެ ހަޤީޤަތް ޤަބޫލުކުރައްވަން ޖެހޭ ކަމަށެވެ. މުޅި ރާއްޖެ ތަރައްޤީ ކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ އިންސާނުންގެ ތަރައްޤީއާ ދުޅަހެޔޮ ކަމަށްޓަކައިވެސް ހެޔޮ ފިޔަވަޅުތަކެއް އަޅުއްވަމުން ކަމުގައި އެކަމަނާ ފާހަގަކުރެއްވި އެވެ. އެ ފިޔަވަޅުތަކުގެ ނަތީޖާ މުސްތަޤްބަލްގައި ވަރަށް ފޮނިކޮށް ފެނިގެންދާނެ ކަމުގައި ޑރ. އަނާރާ ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މުޅި ރާއްޖޭގައިވެސް މި ސަރުކާރުން ކުރިއެރުންތައް ހޯދަދީ ތަރައްޤީ ހޯދަދޭން މަސައްކަތް ކުރާ މަންޒަރު. ހަމަ އެކަނި ޢުމްރާނީ ތަރައްޤީއެއް ނޫން. އިންސާނުންނަށް ވެސް ތަރައްޤީ ގެނައުމަށް ވަރަށް ބޮޑެތި ފިޔަވަޅުތައް އަޅުއްވަމުން އެބަ ގެންދަވާ،” ޑރ. އަނާރާ ވިދާޅުވި އެވެ.

ޑރ. އަނާރާ ވަނީ އޭނާ ނިސްބަތްވާ ހުރާ ދާއިރާގެ ތަރައްޤީއަށް މި ސަރުކާރުން މުހިންމު މަޝްރޫޢުތަކެއް ހިންގަވަމުން ގެންދަވާތީ އެކަން ފާހަގަ ކުރައްވާފަ އެވެ. ވަކީން ޚާއްސަކޮށް މި ސަރުކާރުން އެންމެ ފުރަތަމަ ފައްޓަވާ ނިންމެވި މަޝްރޫޢުތަކުގެ ތެރޭގައި ގުޅީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނިގެން ދިޔަކަމަށްޓަކައި އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ.

ގުޅީގެ ބިން ހިއްކުމަކީ އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވާ ޑރ. އަނާރާ ވިދާޅުވީ، ބިން ހިއްކުމާއި ގުޅިގެން ގުޅިއަށް އޮތް ގޯތިގެދޮރުގެ ދަތިކަމަށް ވަރަށް ބޮޑަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ގުޅީގެ އިތުރުން ހުރާ ދާއިރާގެ އެހެން ރަށްރަށުގައި ވެސް ޕްރޮޖެކްޓްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާ އެހެން ރަށްރަށުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment