ޚަބަރު
ފަލަސްޠީނުގެ ފުޓްބޯޅައަށް އެހީވުމަށް، ރާއްޖެ އާއި ފަލަސްޠީނު ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއެކު ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗަށް ސްވެނިއަރ ޓިކެޓް ވިއްކަން މިރޭ ފަށައިފިއެވެ. މި ދެ މެޗުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓްބޯޅަ އަލުން ދިރުވައި ތަރައްޤީކުރުމަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓްބޯޅަ އެސޯސިއޭޝަނަށެވެ.

ރާއްޖެ އާއި ފަލަސްޠީނު ކުޅޭ އެކުވެރިކަމުގެ މި ދެ މެޗު އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއާއި ހުކުރުދުވަހުގެރޭ 20:30 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި މެޗުތައް ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެއެވެ.

ޓިކެޓް ވިއްކުމުގެ އިންތިޒާމު މިރޭ ހަމަޖެއްސިއިރު، އެފްއޭއެމްގެ މޯބައިލް ނަމްބަރު 7507006 އަށް ވައިބަރ ނުވަތަ ވަޓްއަޕް މެދުވެރިކޮށް މެސެޖުކޮށްގެންވެސް ޓިކެޓް ލިބޭނެއެވެ. މީގެ އިތުރުން ގަލޮޅު ދަނޑުގެ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ މާދަމާ، ބުރާސްފަތި ދުވަހު ހެނދުނު 9:00 ން ފެށިގެންނެވެ. އެގޮތުން މަޖީދީމަގު އޮލިމްޕަސް ކުރިމަތީ ޓިކެޓް ކައުންޓަރުން ޓިކެޓް ވިއްކާނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ން މެންދުރު 12:00 އަށެވެ. އަދި މެންދުރު 14:00 ން އިރުއޮއްސި 18:00 އާއި ހަމައަށެވެ.

މެޗުގެ ސްވެނިއަރ ޓިކެޓްތަކުގެ އަގުތަކަށް ބަލާއިރު، ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓް ކަމަށްވާއިރު، ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ވަނީ ހަމަޖައްސާފައެވެ. އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއްގެ އަގަކީ 500 ރުފިޔާއެވެ. މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓް ކަމަށްވާއިރު، ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ރާއްޖޭގައި ކޭމްޕް ކުރުމުގެ އިންތިޒާމު ހަމަޖައްސާދީފައިވަނީ ދިވެހި ސަރުކާރުންނެވެ. މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް ފަލަސްޠީނުގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވާއިރު، އެ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ މިމަހުގެ 22 އިން 30 އަށް އިންޑިއާގައި ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިންގައި ވާދަކުރުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment