ޚަބަރު
ހިތަދޫގައި، ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި، ދުއްވަމުން ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ހިތަދޫގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 10:45 ހާއިރު ހިތަދޫ ފަޔަރ ސްޓޭޝަނަށް ކުރި ރިޕޯޓަކުންކަމަށެވެ. މައުލޫމާތު ލިބުމާއެކު ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ އެސަަރަހައްދަށް ގޮސް ވަގުތުން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ފަށާފައިކަމަށްވެސް އެމްއެންޑީއެފް އިންވަނީ ބުނެފައެވެ.

ގާތްގަނޑަކަށް ރޭ 11:10 އެއް 11:11 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ކޮންޓްރޯލު ކުރެވި އަދި މުޅިން ނިއްވާލެވިފައިކަމަށްވެސް އެމްއެންޑީއެފް އިން ހާމަކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment