ޚަބަރު
ވާދޫ “ބްލޫބޯލް” ރާޅު ޕޮއިންޓު ހިމާޔަތް ކުރެވިފައިވާ ތަނަކަށް ހަދަންޖެހޭ : ރައީސް

ގދ.ވާދޫ “ބްލޫބޯލް” އަކީ ހިމާޔަތް ކުރެވިފައިވާ ރާޅު ޕޮއިންޓަކަށް ހަދަންޖެހޭ ކަމަށް ގދ.ވާދޫ ކައުންސިލުގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

“ހުވަދޫ ނިއުސް” އަށް ދެއްވި ބަސް ދީގަތުމެއްގައި ރައީސް ހަސަން އަބްދުﷲ މިއަދު ވިދާޅުވީ ވާދޫގެ ރާޅު ޕޮއިންޓަކީ ރާއްޖޭގެ ޓުވަރިޒަމާއި ގުޅިލާމެހިފައިވާ ތަނެއް ކަމަށާއި ކޮންމެ ދުވަހަކު ވެސް ތިންހަތަރު ސަފާރީ އެތަނުގައި އޮންނަ ކަމަށެވެ. އަދި އެ ސަފާރީ ތަކުން ދުވާލަކަށް އެތައް ހާސް ޑޮލަރު ނަގާނެ ކަމަށްވެސް ރައީސް ހަސަން އަބްދުﷲ ވިދާޅުވިއެވެ.

“މިހާރު އެއީ ދުނިޔޭގެ ނިސްބަތުން 7 ވަނަ އަށް އެންމެ ހިތްގައިމު ރާޅު ޕޮއިންޓް. އެތަނަށް އަބަދުވެސް ސަފާރީތައް އާދޭ. އެއިން ކޮންމެ ސަފާރީ އެއް ދުވާލަކު އެތައް ހާސް ޑޮލަރު ނަގާނެ. އެހެން ވީއިރު ވާދޫ ބްލޫބޯލް އަކީ ހިމާޔަތް ކޮށް ރައްކާތެރި ގޮތަކަށް ތަރައްޤީ ކޮށްގެން ހިންގާ ތަނަކަށް އެބަ ވާން ޖެހޭ” – ގދ.ވާދޫ ކައުންސިލުގެ ރައީސް ހަސަން އަބްދުﷲ

ރައީސް ޙަސަން އިތުރަށް ވިދާޅުވީ ވާދޫ ރާޅު ޕޮއިންޓަކީ ވާދޫ ގައި ތިބެގެން ރާޅު އަޅާ މަންޒަރު ބަލާ ފޮޓޯ އާއި ވީޑިއޯ ނެގޭނެ ސާރފް ޝެކެއް ތިމާވެށްޓަށް އަސަރެއް ނުކުރާ ގޮތަށް މޫދާއި ގުޅުވައިގެން ހެދޭނެ ތަނެއް ކަމަށާއި އެއީ ރަށަށް ޑޮލަރުން އާމްދަނީ ވަންނާނެ ދޮރަކަށް ހެދިދާނެ ތަނެއް ކަމަށެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ، ސަރުކާރު 250000 ރުފިޔާ މިހާރު ވެސް ކައުންސިލަށް ޖަމާކޮށްފައި އެބަހުރިކަމަށާއި، އިތުރަށް 4 ލައްކަ ލިބިއްޖެނަމަ ފެންވަރު ރަނގަޅު ޝެކެއް ހެދޭނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

މިހާރުވެސް ރަށުގެ ޒުވާނުން ހަދާފައި ހުރި ސާފް ޝެކެއް އެބަހުރި ކަމަށާއި އަލަށް ހަދާ ތަން ހެދުމަށް މިހާރު ކުރިޔަށް ދަނީ ބިޑް މަރުޙަލާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ވާދޫ “ބްލޫބޯލް” ރާޅު ޕޮއިންޓަކީ އެ ރަށުގެ އިޙްތިސާސް ގެ ތެރޭގައި ހިމެނޭ ހިސާބެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!