ޚަބަރު
ޓިކްޓޮކަކީ ބޭނުންތެރި މަންސައެއް، ބައުންޑަރީ އެއްގެ ތެރޭގައި ހުރެގެންވެސް ކާމިޔާބު ވެވިދާނެ: އަރޫ

ޓިކްޓޮކަކީ މިފަހަކަށް އައިސް ދިވެހިންގެ ތެރޭގައި މަގުބޫލު ވެފައި އޮތް ސޯޝަލްމީޑިއާގެ މަންސައެއް ކަމަށް ވި ނަމަވެސް އަދިވެސް ޓިކްޓޮކާ މެދު ދެކޭ ނަޒަރިއްޔާތު ބަދަލެއް ނުވެއެވެ. ސަބަބުތައް ހުރީވެސް އެ ނަޒަރިއްޔާތު ބަދަލުކުރަން ދަތިވާ ފަދަ ގޮތަކަށެވެ، އެހެންނަމަވެސް ހަގީގަތަކީ މި މަންސައިގެ ބޭނުން ވަރަށްވެސް ފުރިހަމަ ގޮތުގައި ހިފާ ދިވެހިން ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން އަންނަ ކަމެވެ.

ޓިކްޓޮކް އިން އަމިއްލައަށް ތިމާގެ ހުނަރާއި ގާބިލުކަން، އަދި ތިމާގެ އަމިއްލަ މަސައްކަތްތައް ދައްކައިގެން ދިރިއުޅުމަށް މުޅިން އައު މާނައެއްގައި ނަލަ ކުލަތައް ގެންނަ “ކޮންޓެންޓް ކްރިއޭޓަރުން” ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ މަންޒަރު ފެނުމުން، ދިވެހިންގެ ތެރޭގައިވެސް ޓިކްޓޮކް ބޭނުން ހިފޭ މަންސައެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ކަމުގެ ޔަގީންކަން ވެސް ލިބިގެންދެއެވެ. މިއަދުގެ ހުވަދޫ މީޑިއާގެ މެހެމާނަކީ މިދެންނެވިފަދަ އުފެއްދުންތެރި ހުނަރުވެރިއެކެވެ.

މި ހުނަރުވެރި އަތުން ކައްކާ ކާތަކެތީގެ ވަސް ނުޖެހުނު ނަމަވެސް މަންޒަރުން ބަނޑުފުރި އަރައިގެންދާ ވަރުވެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓިކްޓޮކް އިން ގިނަ ބައެއްގެ ލޯތްބާއި ރުހުން ހޯދި މި އުފެއްދުންތެރިޔާ ގެ ވީޑިއޯތަކުން އެންމެ ފާހަގަކޮށްލެވޭ ހާއްސަ ކަމަކީ، ދިވެހި ބަހުން އަޑު އަޅާފައި ހުންނަ ހުރުމެވެ. މިވީޑިއޯ ތައް އާންމުވުމުގެ ކުރިން ދިވެހި ބަހުން ސީދާ މިފަދަ ވީޑިއޯތަކަށް އަޑު އަޅާފައި ހުންނަ މަންޒަރު ފެންނަލެއް ނާދިރެވެ. ނަމަވެސް މިހާރު ދިވެހި ބަސް ޓިކްޓޮކްގެ ކޮންޓެންޓް ތަކުން ފެންނަލެއް ގިނަވާކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ. ކޮންމެއަކަސް މި މީރު ކެއްކުންތައް ގެނެސްދޭ ފަރާތަކީ ހަގީގަތުގައި ޝެފެއްތޯ، ނުވަތަ ގޭގައި ކާތަކެތި ތައްޔާރު ކުރާ ފަރާތެއްތޯ ނުވަތަ ކެއްކުމުގެ ހާއްސަ އެހެންކަމެއް ކުރާ ފަރާތެއްތޯ ދެނެގަންނަން ބޭނުންވާ ފޭނުންނަށް މި ގެނެސްދެނީ ޓިކްޓޮކް އިން އެންމެން ދަންނަ އެކުވެރި އަރޫގެ ހާއްސަ ވާހަކަތަކެކެވެ.

ހއ ބާރަށަށް އުފަން “އާމިނަތު އަރޫޝާ” ރައްޓެހި ނަމުންނަމަ އަރޫ އަކީ އެއްގޮތަކަށްވެސް ޝެފެއް ނޫނެވެ. އަދި ކެއްކުމުގެ ހާއްސަ އެއްވެސް ކަމެއް ކުރާ ފަރާތެއް ވެސް ނޫނެވެ. ހައިރާންވިޔަސް ހަގީގަތަކީ އަރޫ އަކީ ބާރަށު ސުކޫލުގެ ބިޒްނަސް ސްޓަޑީޒް ޓީޗަރެވެ. އިސްކަންދަރު ސުކޫލުގެ ބިޒިނަސް ސްޓަޑީޒް ޓީޗަރަކަށް އުޅުމަށްފަހު، އަރޫގެ ދިރިއުޅުން އޭނާގެ ޒިންމާއާއެކުގައިވެސްމެއެވެ. ރަށަށް ބަދަލުވީއިރުވެސް ދިމާވާނެ ގޮންޖެހުންތައް ގިނަކަން އަރޫއަށް އޮތީ މޭރުންވެފައެވެ. އުޅެ ބޮޑުވި އުފަންރަށް ވީމަ އެނގޭނެތާއެވެ. އެކަމަށް ނުވިސްނި ނަމަވެސް އޭނާގެ ނަފުސުން ތައްޔާރުވާން އެނގުނީ އެހެންވީމައެވެ. ހީކުރި ވަރަށްވުރެ ބޮޑު ގޮންޖެހުންތަކާއި ދަތި ތުރާތަކާވެސް ކުރިމަތިލާން ޖެހުނު އަރޫ މިއަދުވެސް އެހެރީ ނުގުޑާ އަޒުމުގައެވެ. ރަށު ސުކޫލުގެ ދަރިވަރުންނަށް އުނގަންނައިދިނުމަށް ނެގި ފުރަތަމަ ފިޔަވަޅާއެކުވެސް ހުރަސްކުރަން ޖެހުނު ތުނޑު ތޫނު ކަށިތައް ގިނަކަން ސާފު ލޮލަށް ފެނުނެއްކަމަކު އަރޫ ފަސްޖެހޭކަށް ބޭނުން ނުވިއެވެ.

ޒަވާޖީ ޙަޔާތެއް ފަށައިގެން އަލަތުދަރިފުޅު ލިބުމާ ހަމައަށްވެސް އަރޫޝާ ދިރިއުޅެމުން ދިޔައީ މާލޭގައެވެ. ތައުލީމީ ހަޔާތުގެ ފުރަތަމަދައުރު ނިމި އިތުރަށް އޭނާ އުނގަންނައިދިނުމަށް ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތީވެސް ހަމަ މާލޭގައެވެ. މާލޭގެ ދިރިއުޅުން ރަށަށް ބަދަލުކުރިއިރު ރަށުން ގޮންޖެހުންތަކާ ދިމާވާނެ ކަން އެނގިފައި އޮތީ އުފަން ރަށް ކަމަށްވީމައެވެ.  އެހެންނަމަވެސް ހީކުރިވަރަށްވުރެ ރަށުން އަރޫއަށް ޖެހުނީ ހީކުރިވަރަށްވުރެ މާބޮޑަށްވެސް ދަތިކަންކަމާ ކުރިމަތިލާށެވެ.

ކޮވިޑްގެ ނުރައްކާތެރިކަމަށް ދުނިޔެ ފިތް ކެނޑުނު ވަގުތަކީ އަރޫ އޭނާގެ ރަށުގައި ހިންދެމިލަން ހަށިގަނޑު ސީދާ ކޮށްލި ވަގުތުވެސްމެއެވެ. ދަތިކަންތައް އައީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭ އުސޫލުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަރޫގެ ވާހަކަތަކުން ހާމަވެ އެނގުނު އެންމެ ބޮޑު ކަމަކީ ބާރަށަށް އަރޫ އަކީ ކޮންމެހެންވެސް ދިމާވާން ޖެހޭ “ޗެލެންޖެއް” ކަމެވެ. އަރޫ ފަދަ ހިތްވަރުގަދަ އަންހެންދަރިއަކަށް އެފަސްގަނޑު އޮތީ ބޭނުންޖެހިފައެވެ.

ރަށުގައި އުނގެނެން ބޭނުންވެފައިމެ ދަރިވަރުން ތިބީ ފޫހިވެފައެވެ. ސުކޫލަށް އުނގަންނައިދޭން އުމުރާއި ތަޖުރިބާއިން ހަގު ޓީޗަރެއް އައުމުން ފަހަތަށް ޖައްސާލައި، އައިބާރުމިނުގައި އަނބުރާ ފޮނުވާލަން ހިފި އަތްތައް މަދެއް ނޫނެވެ. އެއީ އަރޫއަށް އައު ކަމަކަށް ނުވުމުންއެހާ ފަސޭހައިން ގުޑުވާނުލެވުނީއެވެ. އަދި ނަސީބުވެސް އަރޫ އާ އެއްބައިވީއެވެ. ރަށު ސުކޫލުގެ ހިންގުން އޮތީވެސް ހިތްވަރުގަދަ ބޭފުޅެއްގެ އަތުގައި ކަމަށްވުމާއެކު އަރޫގެ ހިތްވަރަށް އިތުރު ބާރެއް ލިބުނީއެވެ.

“އަރޫ ބުނިން، އެހާ ފަސޭހައިން ފަހަތަށް ނުޖެހޭނަމޭ، ކަންކަމާ ކުރިމަތިލާން ކެރޭނެއޭ،” އަރޫގެ އަޑުގައި އެ ބުނާ ކެރުމުގެ އަސަރު ހުއްޓެވެ.

އަރޫ ދަރިފުޅާއެކު، އަރޫގެ އާއިލާއަކީ އޭނާއަށް އަބަދުވެސް އިސްކަންދޭ މީހުން—ފޮޓޯ: އަރޫ

މިކިޔައިދިނީ އަރޫގެ ޕްރޮފެޝަނަލް ދިރިއުޅުން ނުވަތަ އޭނާގެ ވަޒީފާގެ ވާހަކައެވެ. އަޅުގަނޑުގެ ނަޒަރު ހުއްޓުނީ އަދި އޮޅުންފިލުވަން ބޭނުންވި ވާހަކައަށް ދިޔައީ ދެނެވެ. އަރޫ އަކީ ޓީޗަރެކެވެ. އެވެސް ބިޒްނަސް ނުވަތަ ވިޔަފާރިއާއި އޭގެ ބައިތައް އުނގަންނައިދޭ މުދައްރިސާއެކެވެ. އެހެންވީއިރު ކެއްކުމާއި ކެއުމާއި ފައިދާ ހުރި ކާނާގެ ވާހަކަ ދައްކާ ވީޑިއޯތައް މިފެންނަނީ ކީއްވެގެންބާވައެވެ. އަރޫގެ ދެވަނަ ޝައުޤަކަށް ކެއްކުން ވާތީ ބާވައެވެ. މުދައްރިސަކަށް ނުވިނަމަ އަނެއްކާ އަރޫ ވީހީ ކައްކާފަރާތަކަށް ބާވައެވެ.

ނޫނެކެވެ. މިއީ އަދި މުޅިން އެހެން ފައްތަރެއްގެ ވާހަކައެކެވެ. އަރޫގެ ޓިކްޓޮކް ކޮންޓެންޓް ތައްޔާރުކުރުން ފެށުނީ ކާނާގެ ބާވަތަކުން ނޫނެވެ. އެކަމަކު ފަހާ ވީޑިއޯއަކުންނެވެ.

“ފަހާ އެއްޗެއްގެ ވީޑިއޯ ހަދާފަ ލީ ފުރަތަމަ، އޭރު މެޓަރނިޓީ ލީވްގައި ހުރީމަ ކުރި ކަމެއް، އެކަމަކު ވަރަށް ވަގުތު ދާ ކަމަކަށް ވީ ފަހާ ވީޑިއޯ ހެދުމަކީ، ސްޓޭންޑެއްވެސް ހުންނަނީ ނޫން، ހަމަ ވަރަށް އާދައިގެ ފޯނަކުން އާދައިގެ ގޮތަކަށް ކުރާ ކަމެއް މީ. ދެން އެހެންވެ އެހާ ބޮޑަށް އެ ފަހާ ވީޑިއޯތަކެއް ނުގެންދެވި މަޑު ޖެހުނީ، ދެން ވީ ގޮތަކީ ބޭބީއަށް އަލަށް ކާންދޭން ފަށައިގެން އުޅުނު އިރު، ކާއެއްޗެހި ތައްޔާރު ކުރި ގަޑީގައި މިނެގީ ވީޑިއޯއެއް، އެ ވީޑިއޯ އެއީ މިހާރު އަރޫގެ ފެށުން، މީހުން ވަރަށް ބޮޑަށް ބަލައިގަތް. ދެން ހިތަށް އެރީ، ވަރަށް ފަސޭހަ އޭ ކައްކާ ގަޑީގައި ނަގާލެވޭނެއޭ، މީހުންގެ ސަޕޯޓް އެބަލިބެއޭ، މީހުންނަށް ކަމުދާ ކަމަކަށޭ މިވީ. އެހިސާބުން ދެން ކާއެއްޗެހީގެ ވީޑިއޯ ހަދަން ފެށީ، އަސްލު ގޭގައިވެސް ވަކި ސެޓަޕެއް ހުރެގެނެއް ނޫން، ހަމަ ގޭގައި އަމިއްލަ ބަދިގޭގައި ކައްކާ ތަނުގައި ކައްކާ ގޮތަށް އަދި ވީޑިއޯ މިނަގަނީ،”

އަރޫގެ ވީޑިއޯތައް ހާއްސަވާ އަނެއްސަބަބަކީ އަމިއްލަ ގޮތެއް އޭގައި ހުރުމެވެ. ވަކި ހާއްސަ އިފެކްޓެއް އެއަށްލައި އޭއައިގެ ބޭނުންކޮށްގެން ސީދާ “ޕްރޮފެޝަނަލް ޝެފް ލުކް” ގެނެސް ހެދެން އޮތް އިރު އަރޫގެ ވީޑިއޯތަކުން ފެންނާނީ ހަގީގީ ކުލަތަކާއި ހަގީގީ އަސަރުތަކެވެ. އަރޫގެ ކާތަކެތީގެ ވީޑިއޯތައް އެހާ ބޮޑަށް ހިތުގެ ފުންމިނަށް ފޯރާ ސަބަބަކީ އޭގައި އެކުލެވިފައިވާ “އަސްލާ އެއްގޮތް” ކަމެވެ. މިއީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.

ބިޒްނަސް ކިޔަވައިދޭ ޓީޗަރެއްކަމަކު އަރޫގެ ހިތާއި އާއިލީ ގޮތުންވެސް ލޭގައިވެސް ކެއްކުމުގެ ޖޯޝާއި ފޯރި އަދި ހުނަރު ވަނީ ލާމެހިފައެވެ.

“މަންމަ، މަންމަ އަކީ ވަރަށް މޮޅު ކެއްކުންތެރިއެއް، ރަށުގެ ބޮޑެތި ކަންކަމުގައި މަންމަގެ ކެއްކުންތައް މަޝްހޫރުވާނެ…” އަރޫ ކެއްކުމާމެދު ހިތް ޖެހުނު ގޮތް މިއޮތީ ސާބިތުވެފައިތާއެވެ. މަންމަގެ އަތުގެ ރަހައިން އަރޫގެ އަތަށް ވެސް މިވަނީ ރަހައިގެ ހުނަރު އައިސްފައެވެ.

“3 ވަނަ ދަރިފުޅު ވިހައިގެން ބިޒީ ވީމަ ދިވެހި ބަހުން ވޮއިސް އޯވަރ ހަދަން ފެށީ، އަރޫ ފެށިއިރު އައި ހޭވް ނޮޓް ސީން އެނީވަން ދިވެހިބަހުން ވޮއިސް އޯވަރ ހަދާތަނެއް. ދެން އެކަމަކު މިހާރު އެބަފެނޭ ވަރަށް ބައިވަރު ކުދިން ދިވެހިބަހުން ވާހަކަ ދައްކާތަން. އެހެންވެ ވަރަށް އުފާވޭ.”

“ޓިކްޓޮކާމެދު އަހަރެމެންގެ މިކޮމިއުނިޓީ ދެކެނީ ވަރަށް ދަށު ދަރަޖައިގެ ވަރަށް ސަކަރާތް ތަނެއް ގޮތުގަ، މީހުން ކިޔަނީވެސް ކީކޭ ޓިކްޓޮކް ކުޅުމޭ، ޓިކްޓޮކް ހެދުމޭ ނޫނީ ކޮންޓެންޓް ހެދުމޭ ނުކިޔާނެ، ޓިކްޓޮކް ކުޅުމޭ މާނައަކީ މާނަ އެ ކުރަނީ ލަވަ ކިޔާ ނެށުމާ ކަންކަމަށް.  ރާއްޖެއަށް އަލަށް ޓިކްޓޮކް ތައާރަފް ވީއިރު އޭރު ޓިކްޓޮކް ހެދީ ހަމަ އެކަނި ލަވަ ކިއުމާ ނެށުމަށް، އަދިވެސް ގިނަބަޔަކު އުޅެނީ އެގޮތަށް، އެކަމަކު މިއީ ހަމައެކަނި ނެށުމަށް ލަވަކިޔުމަށް އޮތް ތަނެއް ނޫންދޯ. އެއަށްވުރެ މާ ގިނަ ފުރުސަތުތައް އޮތް ތަނެއް މީ. މޫނު ނުދައްކާ ވެސް ކޮންޓެންޓް ހެދޭނެ، އެމީހެއްގެ ހުރި ހުނަރެއް ދައްކައިގެން ކޮންޓެންޓް ހަދަމުން ގެންދާނަމަ އެ ކަމަކާ ގުޅުން ހުރި ބްރޭންޑް ޑީލްސް ވެސް ލިބޭނެ. ދެން ކުދިން ވަރަށް އަހާނެ، ރާއްޖޭގަ ޓިކްޓޮކުން ރުފިޔާ ލިބޭހޭ، ރާއްޖެ ރީޖަން އަކުން ރުފިޔާ ލިބޭތަނެއްނޫން ޓިކްޓޮކަކީ ލައިވް ނުވަންޏާ. އެކަމަކު ބްރޭންޑްޑީލްސް ތަކުން ރުފިޔާ ވެސް ލިބޭނެ. އެހެންވީމަ ގޭގަ ތިބޭ ކުދިންނަށްވެސް ހަމަ މީ ރަނގަޅު ޕްލެޓްފޯރމެއް އާމްދަނީއެއް ހޯދަން ބޭނުންވަންޏާ. އައި ވޯންޓް ޓު ސެޓް އެން އެގްޒާމްޕްލް ހިއަރ ޓު ލެޓް އެވްރިވަން ނޯ ދެޓް ޓިކްޓޮކުގަ ލަވަކިއާ، ނަށާ ލައިވްވެ ޒުވާބުކޮށް، ނިވާކަންކުޑަކޮށް ހެދުން އަޅައި ނުހެދިއަސް ތިމާގެ ކޮންޓެންޓް މީހުން ބަލާނެކަން. މީހުން ތެރޭމަގުބޫލު މީހަކަށް ވެވިދާނެކަން. އަރޫގެ ކޮންޓެންޓް ބަލާބަ، ކުޑަ މިނުން މޫނުވެސް ދައްކާފަ ނުހުންނާނެ.”

އަރޫގެ އެންމެ ޚާއްސަ މުހިންމު ޕޮއިންޓަކީ “ކޮންމެ ކަމެއްގައިވެސް ހައްދެއް ހުދޫދެއް އޮންނަން ވާނެ ކަމެވެ.” ތެދެކެވެ. އެއްވެސް ކަމެއްގައި ގޮތެއް ފޮތެއް ނެތިއްޔާ އެހިސާބުން ދެން އެމީހަކުން ކުރާނެ ކަމެއް ނޯންނާނެތާއެވެ. އަރޫ އިޝާރާތް ކުރީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީއަށެވެ. ބައެއްފަހަރު ޓިކްޓޮކަށް ވަނުމާއެކު ފޯރޔޫ ޕޭޖަށް އަންނަ ވީޑިއޯތަކުގެ އޯޑިއޯ ބައެއްގެ ތެރޭގައި ހުރެ އިވިއްޖެނަމަ ލަދުން ހުރި ދިމާލުން އަޑިއަށް ދާ ވަރުގެ ބޭއަދަބީ ބަސްތައް އިވޭ ވީޑިއޯތައް ފެންނަލެއް ވަކި މަދެއްނޫނެވެ. ދަންވަރަކަސް ފަތިހަކަސް، ހުކުރަކަސް އީދަކަސް ޓިކްޓޮކްގެ ކޯޓުތަކުން މީހުންގެ މަހާއި ހަމާއި ކަށްޓާ ވަކިކޮށް ނޮޅަނޮޅައިގެން ލޮނުމިރުހާއި ރާހުތާ ޖަހައިގެން އޭގެއިން ދިލަ އެރުވުން ނޫންކަމެއް ނޯވެއޭ ބުނާވަރަށް މަންޒަރު ފެނި އަޑު އިވޭ ދުވަސްތައް ވެސް މަދެއްނޫނެވެ. އެހެންނަމަވެސް ޓިކްޓޮކް އޭގެ އެންމެ ފުރިހަމަ މާނައިގައި ބޭނުން ހިފާ މީހުންވެސް މަދެއްނޫނެވެ. އަރޫ އަކީ މިދެންނެވި މީހުންގެ ތެރެއިން މިހާރު އަރަމުން އަންނަ އެއް ޓިކްޓޮކް ކޮންޓެންޓް ކްރިއޭޓަރ އެކެވެ، އޭނާގެ ވީޑިއޯތަކަށް މިލިއަނުން ވިއުސް އެބަހުއްޓޭ ބުނެފިއްޔާ ހައިރާން ނުވާށެވެ. 1 މިލިއަނެއް ނޫނެވެ.

މިލިއަނުން ކުރިއަށް ގޮސް 5 މިލިއަނާ ދިމާއަށް ދަތުރު ކުރިއިރު ފޮލޯވަރުންނާއި ލައިކްސް ވެސް އެއްދުވަހަށްވުރެ އަނެއްދުވަސް ދަނީ ހަމަ ކުރިއަށެވެ. ޓިކްޓޮކް ހަދަން ފެށިތާ އަދި 2 އަހަރު ނުވާއިރު، މިހާ ބޮޑަށް އަރޫގެ ވީޑިއޯތަށް ވައިގަ މި ހިފީ ފާއިތުވި 3 މަސް ދުވަހެއްހާތެރޭގައެވެ.  4.44 މިލިއަން ވިއުސް އަރޫގެ ވީޑިއޯތަކަށް ލިބުނީ ހަމަ މި މަދު ދުވަސްކޮޅު ތެރޭގައެވެ.

އަރޫ އޭނާގެ ފިރިމީހާއާއި ދެކުދިންނާއެކު— ފޮޓޯ: އަރޫ

އަރޫގެ ވީޑިއޯތަކުން ފެންނަ މީރު ކާއެއްޗެހީގެ ރަހަ އެންމެ ގާތުން ލިބެނީ އޭނާގެ އާއިލާއަށެވެ. ލޯބި ލޯބި ކުދިންކޮޅަކާ އެހާމެ ހެޔޮ ފިރިއަކާއެކު އުޅޭއިރު އަރޫ އެންމެ އުފާވަނީ އޭނާގެ އަތުން މީރު ކާއެއްޗެހި ތައްޔާރު ކޮށް އެމީހުންނަށް ކާން ދެވޭތީއެވެ، އަދި އޭނާގެ އަތުގެ މީރު ރަހަތަކަށް ލޯބިވާ މީހުންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކަކީ އޭނާއަށް އެންމެ ބޮޑު ހަދިޔާވެސްމެއެވެ.

“ވަރަށް އުފާވޭ، ގާތް މީހުންނަށް މީރުކޮށް ކާންދެވޭތީ،”

އަރޫ އަކީ ވަރަށް ބުރަ ތާވަލަކަށް އޭނާގެ ދިރިއުޅުންބައްޓަން ކޮށް ގެންދާ އަންހެނެކެވެ. ގެއާއި އާއިލާއާއި ވަޒީފާގެ ޒިންމާގެ ތެރެއަށް ފުރޭނިފައިވާ ޓިކްޓޮކަކީ ފާޑަކަށް ބުނާނަމަ އަރޫގެ ދެވަނަ ހެޕީ ޕްލޭސްއެވެ. އޭނާގެ މަސައްކަތްތައް ބަޔަކު ބަލައިގަނެ، އޭގެފައިދާ ބަޔަކަށް ކުރާކަން އެނގުމުން ލިބޭ އުފަލަކީ އަރޫގެ ހަގީގީ ކާމިޔާބީއެވެ. އޭނާގެ ކައްކާ ވީޑިއޯތައް ބަލައިގެން ކައްކާ މީހުން އުޅުމަކީ އޭނާގެ މަސައްކަތަށް ފުރިހަމަ އަގެއް ލިބުން ކަހަލަ ކަމެކެވެ. އަދި ހަމަމިއާއެކު އަރޫ ސަމާލުވެ ކުރާ ކަންތައްތައް ހުރެއެވެ. ދިރިއުޅުން ބެލެންސް ކުރުން ނުވަތަ ހަމަ ކުރުމަށް ސަމާލުވުމެވެ.

އަރޫ އަކީ ޓީޗަރަކަށް ވެފައި އާއިލާއާއި ގެއެއްގެ ޒިންމާވެސް ނަގަމުންދާ މީހަކަށް ވާތީވެ، އޭނާ ޓިކްޓޮކް ވީޑިއޯ ހަދަން ވަގުތު ހޯދަނީ ކޮންއިރަކު ކިހިނެއްތޯ އަހާ މީހުންވެސް މަދެއް ނޫނެވެ. އަރޫގެ ޖަވާބު ސާދާވެފައި ފުރިހަމައެވެ. އަދި އޭގައި ބުރަދަންވެސް ހުއްޓެވެ.

އަރޫ ބިޒީ ވިއަސް ކޮންޓެންޓް ހަދަން ލައިކުވާތީ ވަގުތު ހޯދަނީ. އެހެން މީހުންވެސް ބިޒީވިއަސް ކޮފީތަކަށާ ދުއްވާލަން ދާން ވަގުތު ހޯދަނީނުދޯ؟އެގޮތަށް ކުރާ ހިތްވާ ކަމަކަށް ވަގުތު ހޯދާނެ،” ތެދެކެވެ.

ވަގުތަކީ އެއްވެސް މީހެއްގެ އަޅެއް ނޫނެވެ. އެންމެ މިނިވަން ކަމާއެކު އުޅުނަސް ވަގުތުގެ އަހައްމިއްޔަތުކަން އެނގޭ މީހަކަށް ވަގުތު ހޯދައި އޭގެ ބޭނުން ހިފަންވެސް އެނގޭނެއެވެ. ކަމަކަށް ކަމޭ ހިތާ މީހަކަށް އެކަމަށް ވަގުތު ހޯދުމަކީ ވަރަށް ފަސޭހަކޮށް ކޮށްލެވޭނެ ކަމެކެވެ. އަރޫގެ ޓިކްޓޮކަށް ބަލާލުމުން އޭނާގެ ހިތުގައި ކަމަށް އޮތް ލޯބި ހާމަވާނެއެވެ. ކޮންމެ ދުވަހަކުވެސް އަރޫގެ ޓިކްޓޮކް އެކްޓިވް ކަންމަތީ އެކުރިއަށް ދަނީ ވީޑިއޯތަކަށް ވަގުތު ހޯދާތީތާއެވެ. އެކަމުންވެސް އެނގެނީ އަރޫގެ އަމިއްލަ ނަފުސަށް އޭނާ ބާއްވާ ހަރުދަނާ އަދި ހަރުކަށި ގަވާއިދުތަކެވެ. އެއީ ގޮތެއް ހުންނަ ކޮންމެ މީހެއްގެ ކިބައިންވެސް ފެންނާނެ ސިފައެކެވެ.

އަރޫ އަކީ ޓިކްޓޮކް ގައި ކުރިއަރަމުން އަންނަ ކޮންޓެންޓް ކްރިއޭޓް ކުރާ މީހުންގެ މަގުބޫލުކަން ލިބެމުންއަންނަ ފަރާތަކަށް ވާތީ މިއީ އޭނާ ކޮން އަޒުމެއްގައި އަދި ކޮންމަގުސަދެއްގައި ކުރާ ކަމެއްތޯ އަހާލިއިރު ޖަވާބު އެހާ ތަފާތު ވެދާނެ ކަމަކަށް ހިއެއްނުކުރަމެވެ. އަމިއްލަ މަޝްހޫރުކަމާއި ޓިކްޓޮކުން ވީހާވެސް ބޮޑަށް ކުރިއަރައިދިއުން ފަދަ ބޭނުމެއް އަރޫގެ ނެތެވެ،  އެކަމަކު އަރޫގެ އޮތީ ވަރަށްވެސް ހެޔޮނިޔަތަކާއެކު ވަރުގަދަ މަގުސަދެކެވެ.

އަރޫ ބޭނުން ވަނީ އަނެކުންނަށް މިސާލެއްގެގޮތަށް ގާއިމުވާށެވެ. އޭނާގެ ވީޑިއޯތައް ދުވަހެއް ދުވަހަކަށް ތަރައްގީކޮށް ތަހުޒީބު ކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރާނެއެވެ. މިއީ ރަނގަޅު ކުރިމަގެއް އޮތް ދާއިރާއަކަށް ވާތީއެވެ. އަނެކުންނަށްޓަކައި ފިލާވަޅަކަށް، ތަޖުރިބާއަކަށް ވާން ބޭނުންވާތީއެވެ. ކޮންމެހެން ހައްދުހުދޫދުން ނުކުމެ، ދުލަށް އައިހާ ވައްތަރެއްގެ ބަސްތަކަކުން މީހުންނާ މުހާތަބުކުރަން ލައިވްތަކުގައި ތިބުމަކީ ޓިކްޓޮކްގައި ކުރިއަށް ދިއުމަށް މަޖުބޫރު މާއްދާއެއް ނޫނެވެ، ނުވަތަ އެއީ އެކަމަށް އޮތް ޝޯޓްކަޓެއްވެސް ނޫނެވެ. ފޭނުން ހޯދަން ލައިވްތަކުގައި މަލާމާތާއި ފުރައްސާރައާއި ގަނާކުރުމާއި ތިމާގެ އަޚާ ނުވަތަ އުޚުތާގެ މުޅަމަސް ނޮޅައިގެން އެއިން ފީސްޓް ހަދައިގެން އެންމެން އެކުގައި ކެއުމާއި މިތިބަ ކަންތައްތައް ދުވަހަކު ނުކުރިއަސް ޓިކްޓޮކް ފޮލޯވަރުންނާއި ލޯބިވާ ފޭނުން ލިބޭނެ ކަން އަރޫ ބޭނުންވަނީ ސާބިތުކޮށްދޭށެވެ. އަދި އެކަން އޭނާ ދަނީ ކުރަމުންވެސްމެއެވެ.

ހަގީގަތުގައިވެސް އަރޫއަކީ ނަމޫނާއަކަށް ބަލައިގަނެ ފިޔަވަޅު މަތިން ފިޔަވަޅުއަޅަން ރަނގަޅު “އައިޑަލް”އެކެވެ. އެހެނީ އަރޫ އެބުނެދެނީ ޓިކްޓޮކުން ކުރިއަރައިދާން ކޮންމެހެން ތިމާގެ ވަށައިގެން ލެވިފައި ހުންނަ ހައްދުގެ ދާއިރާ ފަހަނައަޅައިދާން ނުޖެހޭ ކަމެވެ. ތިމާ ހުދޫދުގެ ދާއިރާގައި ހުރެގެންވެސް މިކަން ކުރެވިދާނެއެވެ. މީހުން ބަލަނީ ތިބާގެ މަސައްކަތާއި ހުނަރަށެވެ، ގާބލު އަދި އާމްދަނީ ހޯދުމުގެ މަގުވެސް މިދާއިރާއިން ފަހިވާން އެބައޮތްކަން ޔަގީންވާ ގޮތަކަށް ޓިކްޓޮކް ޕްލެޓްފޯމު ބަލައިގަތުމަކީ އެހެން މީހުންނަށް އަރޫ ދޭ “ތަޖުރިބާގެ ޓިޕްސް”އެކެވެ.

އަރޫގެ ވީޑިއޯތައް ފުރިހަމަކޮށް ގޮތްކިޔައިދީ ކަންކަން ކުރުމުގައި އޭނާގެ ވަރަށް ހާއްސަ މިތުރަކު އެހީތެރިވެއެވެ. އަރޫގެ އެ މިތުރަށް ފަށްފަށުން ޝުކުރު އަދާކުރަމުން އަރޫ ބުނީ އެއީ އޭނާއަށް ވަރަށް ބޮޑަށް އެހީވާ ފަރާތެއް ކަމަށެވެ. އެހެންކަމުން ބެސްޓް ސަޕޯޓް  އަލީ އަމީރަށް ހިތުގެ ފުންމިނުން ޝުކުރުއަދާ ކުރާކަމަށްވެސް އަރޫ ވަނީ ބުނެފައެވެ.

ދެން އެންމެ ހާއްސަ ޝުކުރެއް އޮތީ އަރޫގެ ފިރިމީހާއަށެވެ.  ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައިވެސް ކޮނޑާއި ކޮނޑު ޖައްސައިގެން އަތާއަތް ގުޅިގެން ކުރިއަށްދާއިރު އަރޫގެ ފިޔަވަޅާއި އެއްހަމައެއްގައި ފިޔަވަޅު ނަގަމުން އެއްމިނެއްގައި ކުރިއަށް ދިއުމަށް އޭނާގެ ފިރިމީހާ ހާއްސަ ސަމާލުކަމެއް ދެއެެވެ. ފިރިމީހާއަށް ކިތަންމެ ގިނައިންޝުކުރު އަދާ ކުރިނަމަވެސް އެ ޝުކުރު ވާނީ މަދެވެ. އެހާވެސް އަރޫއަށް އެހީތެރިވެއެވެ. ފިރިމީހާއެކޭ އެއްވަރަށް ކުދިންވެސް ތިބީ އޭނާއާއެކުގައެވެ. އަރޫގެ މަންމަގެނަންވެސް މިލިސްޓުގައިހިމެނެއެވެ، އާއިލާގެ ހުރިހާ އެންމެން ވެސް އަރޫއަށް އެހީތެރިވެއެވެ.

ކޮންމެއަކަސް އަރޫއަކީ ޒުވާނުންނަށް ހަމަ އެންމެ ރަނގަޅު ނަމޫނާ މިސާލެކެވެ. ކަމެއް ކުރަން ބޭނުންނަަމަ އެކަމެއް ކުރުމުގެ ހިތްވަރު ކުރަން ޖެހޭނެއެވެ، އަދި ކޮންމެހެން ކަމެއްގައި ކުރިއަރައިދިއުމަށް ހައްދު ހުދޫދުގެ ދާއިރާ ފަހަނައަޅައި ދާކަށްވެސް ނުޖެހޭނެއެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް އުސޫލަކާއި ގަވާއިދަކާއި ހަމައެއް އޮންނާނެއެވެ. ވަށައި ލެވިފައި ދާއިރާއެއް އޮންނަކަން ދެނެގަނެގެން ކުރިއަށްދާ ނަމަ ތިމާއަށް އަނެކުންގެ ހިތުގައި އިއްޒަތާއި ގަދަރުގެ ރަތް ދޫލަ އެ އަޅަނީ ހަމައަމިއްލައަށް އިނގޭތޯއެވެ.

އަރޫގެ ޓިކްޓޮކް / ރަސްމަލައި މިވީޑިއޯއިން އަރޫގެ ހުނަރު ފެނިގެންދާނެއެވެ.

 އަރޫގެ ވީޑިއޯއެއް 

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!