ޚަބަރު
މިރޭގެ ބޮޑު ބައްދަލުވުމަށް ރައީސް ވަޑައިގެންނެވުން، އެތައް ސަތޭކަ ރައްޔިތުން އެއް އަޑަކުން މަރުޙަބާ

ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) ޕާޓީން މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބާއްވާ ބޮޑު ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގަތުމުން އެތަނަށް އެއްވެފައި ތިބި އެތައް ސަތޭކަ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިރޭ 8:45 ހާއިރު ރައީސް ޑރ. މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތްއިރު އެތަނުގައި އެތައްހާސް ބަޔަކު ތިއްބެވެ. އެމަނިކުފާނަށް އެތަނުން މަރުހަބާ ވިދާޅުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ ލީޑާޝިޕުގެ އިސް ބޭފުޅުންނެވެ.

ޖަލްސާ މިހާރު ފެށިގެން ކުރިއަށްދާއިރު، އާޓިފިޝަލް ބީޗާއި، ބީޗުގެ ކުރިމަތިން ގޮސް ރާޅުގަނޑު ސަރަހައްދާ ހަމައަށް އަދި އަނެއް ފަޅިން އަލިމަސްކާނިވާ ސަރަހައްދާ ހަމައަށް މީހުން ޖަމާވެފައިވެއެވެ. އެތަނުގައި ގާތްގަނޑަކަށް ވިއްސަކަަށް ހާސް މީހުން ތިބޭނެ ކަމަށް ޕީއެންސީގެ އިސްވެރިން ވިދާޅުވެއެވެ.

ރައީސް ޑރ. މުޢިއްޒު އެ ސަރަހައްދަށް ވަޑައިގެން އެތަނުގައި ހުރި ސްޓޭޖަކަށް އަރާވަޑައިގެން، އެތަނަށް އެއްވެ ތިބި ގިނަ ރައްޔިތުންނަށް ހަނާއެޅުއްވިއެވެ. އެމަނިކުފާނު ސްޓޭޖަށް ވަޑައިގަތް މަގުމަތީގައި ސަފުގައި ތިބި ގިނަ ރައްޔިތުންނާވެސް ވަނީ ސަލާންކުރައްވާފައެވެ.

މިރޭގެ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ތަގުރީރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. ޖަލްސާއަށް ދިޔަ ގިނަ ބަޔަކު ބުނަމުން އައީ އެ ބައްދަލުވުމަށް އެމީހުން އައި މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުޢިއްޒުގެ ތަގުރީރު އަޑުއެހުމަށް ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!