ޚަބަރު
އިތުރު 70 ރަށެއްގައި ޑޮލަރު އޭޓީއެމް, 3 މަސްތެރޭ ބަހައްޓަނީ

ވަރަށް އަވަހަށް އިތުރު 70 ރަށެއްގައި ބެންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން އިޢުލާނު ކުރެއްވީ ރޭ “ދިވެހީންގެ ރާއްޖެ” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރަށު ފަތުރުވެރިކަން އެންމެ ފުޅާކޮށް އޮތް ރަށްތަކާއި އާބާދީ ބޮޑެތި ހުރިހާ ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާ ނިންމާނެ ކަމަށާއި، މި މަސައްކަތް އަންނަ މާޗް މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަން ކުރައްވާނީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ކަމަށާއި، އެގޮތުން ހުރިހާ ރައްޔިތުންގެ ފަސޭހައަށް ކަންކަން ފަހިކޮށް ދެއްވާނެ ކަމަށެވެ.

އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްޤީގެ ފުރުސަތުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަން ފާހަގަކުރައްވައި، ރައްޔިތުންގެ ޙާލަތު އެމަނިކުފާނަށް ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!