ހަވަރު ސްޕޯޓްސް އިން ވަރަށް ފުރިހަމަ ކަމާއެކު އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް 2025” މުބާރާތުގެ ރޭގެ އަންހެން ޑިވިޝަނު މެޗްގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ފަސޭހަ ކަމާއެކު 23-05 ލަނޑު ން ބަލިކޮށްފިއެވެ. ބޮޑު ތަފާތަކުން ތިނަދޫ ހޮސްޕިޓަލް ރެކްރިއޭޝަން ކްލަބް ބަލިކޮށްފައި ވާއިރު މުޅި މެޗު ކޮންޓްރޯލްގައި ކުޅުނީ ވެސް ސިޓީ ސްޓަރސް ކަން ފާހަގަ ކޮށްލެވެއެވެ.
ތިނަދޫ ސިޓީ ސްޓޭޑިއަމްގައި ވަރަށް ފޯރިގަދަކޮށް ކުރިޔަށް ދިޔަ މި މެޗުގެ މޮޅުކުޅުންތެރިޔާ އަކަށް ހޮވުނީ ސިޓީ ސްޓަރސް ގެ ޖާޒީ ނަންބަރު 18 އައިޝަތު އާލާ އަލީއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ 3 ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ކްލަބް ވެމްކޯ އާއި ދަޑެކޮޑިއަންސްއެވެ. ވެމްކޯ އާއި ދެކޮޅަށް ދަޑެކޮޑިއަންސް ނުކުންނަ އިރު ކުރިން ކުޅުނު މެޗުން ބަލިވެފައި ވުމާއެކު މިރޭގެ މެޗް ދަޑެކޮޑިއަންސް އަށް
ވަރަށް މުހިންމު ވާނެއެވެ..
މި މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައި ވަނީ 5 ޓީމެވެ.ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ސިލްސިލާ މުބާރާތެކެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކުރިޔަށް ގެންދާ މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި ބައިވެރިވީ 3 ޓީމެވެ.

