ޚަބަރު
‘ދިވެހީންގެ ރާއްޖެ’ ޖަލްސާގައި 13,000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވި

ކޮންގްރެސް ޕާޓީން ބޭއްވި ‘ދިވެހީންގެ ރާއްޖެ’ ބިޔަ ބޮޑު ޖަލްސާގައި 13,000 އަށް ވުރެ ގިނަ ރައްޔިތުން ބައިވެރިވި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި މި ބޮޑު ޖަލްސާގައި ދެއްކެވި ވާހަކަ ފުޅުގައެވެ. މި ޖަލްސާ އަކީ ރައީސް މުޢިއްޒުގެ ވެރިކަމަށް މި މަހުގެ 17 ވަަނަ ދުވަހަށް ދެ އަހަރު ފުރޭނެ ދުވަހާ ދިމާކޮށް، އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދައްކުވައިދިނުމުގެ ގޮތުން ބޭއްވި ކާމިޔާބީގެ ޖަލްސާ އެކެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި މިފަދަ ޖަލްސާއެއްގައި އެންމެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާ ކަމަށް ބެލެވެ އެވެ. ޖަލްސާ ފެށުމުގެ ބައިގަޑިއެއްހާއިރު ކުރިން ފެށިގެން މުޅި އާޓިފިޝަލް ބީޗް ސަރަހައްދު އޮތީ ކޮންގްރެސްގެ މެންބަރުންނާއި ސަޕޯޓަރުންނައިގެން ފުރިފަ އެވެ. އެ ރައްޔިތުން ތިބީ ޤައުމީ ދިދަތަކާއި ކޮންގްރެސް ޕާޓީގެ ދިދަތައް ހިފައިގެންނެވެ. މުޅި އާޓިފިޝަލް ބީޗް ސަރަހައްދުގެ އިތުރުން މަޖީދީމަގުގެ ބަޔަކާއި ބޮޑުތަކުރުފާނު މަގުން ބައެއް ވެސް ވަނީ އެއްކޮށް ފުރިފަ އެވެ.

މި ބިޔަ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިރޭގެ ޖަލްސާ އަކީ އެމަނިކުފާނުގެ ސިޔާސީ ޙަޔާތުގައި މުޅިން އައު ސަފްޙާއެއް ހުޅުވައިލެވޭ ރެއެއް ކަމަށެވެ. އަދި ވިދާޅުވީ، މި ޖަލްސާ އަކީ ސަރުކާރަށް ރައްޔިތުންގެ ތާއީދު ވަރަށް ފުރިހަމައަށް ދައްކުވައިދިން ކާމިޔާބު ޖަލްސާ އެއް ކަމަށެވެ. “މި ބިޔަ ބޮޑު ޖަލްސާ ގައި 13,000 ވުރެ ގިނަ ރައްޔިތުން ބައިވެރިވާ ކަމުގެ މަޢުލޫމާތު ލިބިފައިވޭ،” ރައީސް ވިދާޅުވި އެވެ.

މި ޖަލްސާ އަކީ ކޮންގްރެސް ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ބޭއްވުނު އެންމެ ބޮޑު އެއް ޖަލްސާ ކަމަށް ވާއިރު، މިއީ ރައީސް މުޢިއްޒުގެ ވެރިކަމަށް އޮތް ރައްޔިތުންގެ ފުރިހަމަ ތާއީދު އައު އަޒުމަކާއެކު ދައްކުވައިދިން ރެއެއް ކަމަށް ސިޔާސީ މާހިރުން ދެކެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment