ޚަބަރު
ކުރީގެ ވަޒީރު މަހްލޫފް، ނޫސްވެރިޔާ އިމާދު ލަތީފް އަދި ބަނބުކެޔޮ ހަސަންވެސް ޕީއެންސީއަށް

ކުރީގެ ޒުވާނުންނާ ބެހޭ ވަޒީރު އަޙުމަދު މަހްލޫފާއި، ކުޅަދާނަ ނޫސްވެރިޔާ އިމާދު ޙަސަން ލަތީފް އަދި ކުރީގެ އެމްޑީޕީގެ ވަރުގަދަ ސިޔާސީ އެކްޓިވިސްޓް ހަސަން ހުސެއިން (ބަނބުކެޔޮ ހަސަން) މިހާރުގެ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ. ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވި “ދިވެހިންގެ ރާއްޖެ” ނަމަކަށް ކިޔާ ބޮޑު ޖަލްސާގައި އެ ބޭފުޅުން ވަނީ ޕާޓީއަށް ސޮއިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ މެންބަރޝިޕް ފޯމް ހަވާލުކުރައްވާފައެވެ.

މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފައި މިވަނީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ޒުވާނުންނާ ބެހޭ ވަޒީރުކަން ކުރެއްވުމަށްފަހު، އެމްޑީޕީން ވަކިވެވަޑައިގަތްތާ ގާތްގަނޑަކަށް ދެ މަސް ފަހުންނެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި، 2015 ވަނަ އަހަރުން ފެށިގެން އެ ޕާޓީގައި ހިދުމަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ޚާއްސަކޮށް، ރައީސް ސޯލިހުގެ ކެބިނެޓްގެ ބައިވެރިއެއްގެ ގޮތުގައި ތަރައްގީގެ މަސައްކަތްތަކުގައި ބައިވެރިވެވުމަކީ ލިބުނު ފަޚުރެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ތާރީޚީ ޖަލްސާގައި ޕީއެންސީއާ ގުޅުނު އިމާދު ލަތީފަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ނޫސްވެރީންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. ބޭރުގެ ޚަބަރާއި ކުޅިވަރާއި ތާރީޚީ ކަންކަމާ ގުޅޭ ވަރަށް މުއްސަނދި މަޢުލޫމާތެއް އޭނާގެ ކިބައިގައި ހުރެއެވެ. މީގެ އިތުރުން، އޭނާއަކީ ގިނަ ނޫސްވެރީން ތަމްރީނުކޮށްފައިވާ އަދި ވަރަށް މޮޅު ހުށައެޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އަދި މިރޭ ކޮންގްރެސް ޕާޓީއާ ގުޅުނު ބަނބުކެޔޮ ހަސަން އަކީ އެމްޑީޕީގައި ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެންމެ ޚިދުމަތްތެރި އެއް އެކްޓިވިސްޓެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ފާހަގަވެފައިވާ ހަސަން، ޕީއެންސީއާ ގުޅިވަޑައިގަތީ އޭނާގެ އާއިލާ އާއި ރަހްމަތްތެރީންނާއެކު ޖުމްލަ 107 މީހުންގެ ބޮޑު ޓީމަކާ އެކުގައެވެ.

އެތައް ހާސް ބަޔަކު ބައިވެރިވި މި ޖަލްސާގައި މަހްލޫފްގެ އިތުރުން މި ދެ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަތުމަކީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބަށް ޕީއެންސީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި އެ ޕާޓީއަށް ލިބުނު ވަރުގަދަ ތާއީދެއްކަމަށް ސިޔާސީ މާހިރުން ދެކެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment