ޚަބަރު
39 ރަށުގެ ނަރުދަމާގެ މަސައްކަތް ނިންމައިިފި

މި ސަރުކާރުގެ ދައުރުގެ ތެރޭގައި ނަރުދަމާގެ 39 މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަ ކޮށްފި އެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މި ދަޢުރުގައި މުޅިން އަލަށް ހަވާލުކުރި މަޝްރޫޢުތަކުގެ އިތުރުން، ކުރީ ސަރުކާރުތަކުގައި ފަށާފައި ހުއްޓިފައި ހުރި މަޝްރޫޢުތައް ނިންމުމުގެ މަސައްކަތްތައްވެސް ހިމެނޭ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ވުޒާރާއިން ހިއްސާކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި ދައުރުގެ މިހާތަނަށް ނަރުދަމާގެ ޖުމްލަ 79 މަޝްރޫޢުއަކާ ގުޅޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އަދަދުގައި ހިމެނެނީ މުޅިން ނިންމާފައިވާ 39 މަޝްރޫޢާއި، އަލަށް ކޮންޓްރެކްޓްކޮށް މަސައްކަތް ކުރިއަށްދާ 40 މަޝްރޫޢުއެވެ.

ސަރުކާރުން ވަނީ މަސައްކަތް ފަށާފައި ހުއްޓިފައިވާ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް ކުރީގެ ކޮންޓްރެކްޓަރުންގެ އަތުން ނަގާ، އެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި އާ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ބައެއް މަޝްރޫޢުތައް އަވަސް ކުރުމަށްޓަކައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ވިލަރެސްކުރާ ގޮތަށް ސަބްސިޑަރީ ކުންފުނިތަކާވެސް ވަނީ ހަވާލުކޮށްފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން މިހާރު 146 ރަށުގައި ނަރުދަމާ ނިޒާމް ޤާއިމުކޮށް ޚިދުމަތް ދެމުން އަންނައިރު، ބާކީ ހުރި ހުރިހާ ރަށްތަކެއްގައިވެސް ނަރުދަމާގެ މަސައްކަތްތައް ވަނީ ހަވާލުކޮށް ކުރިއަށް ގެންދަން ފަށާފައެވެ. ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ އަސާސީ އަދި ވަރަށް މުހިންމު ޚިދުމަތެކެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ 2027 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމަށް ލާޒިމުކުރާ ޤާނޫނެއް ފާސްކޮށްފައެވެ. 2020 ވަނަ އަހަރު ފުރަތަމަ ފާސްކުރި އެ ޤާނޫނުގައި 5 އަހަރުގެ މުއްދަތެއް ދީފައި އޮތް ނަމަވެސް، އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުގޮސް، މުއްދަތު ހަމަވިއިރު އެކަން ހާސިލުވެފައި ނުވާތީ، ޤާނޫނަށް ބަދަލު ގެނެސް މިހާރު ވަނީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ފުރިހަމަ ކުރުމަށް ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment