ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތުގައި ރޭ ކުޅުނު މެޗުން ވެމްކޯ އަންހެނުން އަތުން ބަލިވެ ދަޑެކޮޑިއަންސްގެ އަމިއްލަ ބާރު ހަނި ވެއްޖެއެވެ.
ޖުމްލަ 5 ޓީމު ބައިވެރިވި އަންހެން ޑިވިޝަންގެ މުބާރާތުގެ ރޭގެ މެޗު ވެމްކޯއިން ކާމިޔާބު ކުރީ 11’12 އިންނެވެ . މެޗުން ބަލިވުމުން މުބާރާތުގައި ކުޅެން އިތުރު މެޗުތައް ހުރި ނަމަވެސް ކުރި ހޯދުމުގެ ޖާގަ ވަރަށް ބޮޑަށް ހަނިވީއެވެ.
ދަޑެކޮޑިއަންސް ވަނީ ކުޅުނު 2 މެޗުންވެސް ބަލިވެފައެވެ. އަންހެން ޑިވިޝަންގެ މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު ވެމްކޯގެ އިތުރުން ސިޓީ ސްޓަރ އަދި ފުޓް ފެމަނައިން ވަނީ 1 މެޗު ކުޅެގެން މޮޅުވެ 3 ޕޮއިންޓް ހޯދާފައެވެ.
ރޭގެ މެޗުގެ ކުއީން އޮފް ދަ މެޗް ލިބުނީ ވެމްކޯގެ ޖިމްނާ ހަސަން އަށެވެ.
މިރޭ ގެ މެޗުގައި ބައްދަލު ކުރާނީ ފިޓް ފެމަނައިން އާއި ތިނަދޫ ހޮސްޕިޓަލެވެ. މިރޭ ކުޅޭ 2 މެޗުވެސް އިވެންޓް ކާސްޓް އިން ލައިވް ކުރާނެ އެވެ.


