ޚަބަރު
ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ޚިދުމަތް ފެށުން؛ މޯލްޑިވިއަން އާ ހަވާލު ކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ސަރުކާރުން ފެށި އެއާ އެމްބިއުލާންސްގެ ދަތުރުތައް ތައިލެންޑާއި ދުބާއީއަށް ފެށުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ. މިކަމާ ގުޅޭ އެއްބަސްވުމެއް މިއަދު ސިއްޙަތާއި ބެހޭ ވުޒާރާ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންއާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ސިއްޙަތާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން މިހާރުވެސް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް 24 ގަޑިއިރު ދެމުންދާ ކަމަށެވެ. މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސްގެ ދަށުން ދޭ މި ޚިދުމަތް ރާއްޖެއިން ބޭރަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ކުއްލި ޙާލަތުގައި ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތްނަމަ އެއަރ އެމްބިއުލާންސްގައި ވަގުތުން ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމު ހަމަޖެހި، ސިއްޙީ ފަރުވާގެ ޔަޤީންކަން ދިވެހީންނަށް ކަށަވަރުކޮށް ދެއްވުމެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަަޢުދުފުޅާއި އެއްގޮތަށް ސަރުކާރުން ވަނީ ވެރިކަމުގެ އެންމެ ކުރީކޮޅު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފައްޓަވާފަ އެވެ. އެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން އެކަމަށް ޚާއްސަ މަތީންދާބޯޓެއް ފުރިހަމަ ސިއްޙީ ފަރުވާ ދެވޭނެ އިންތިޒާމާއެކު ތައްޔާރުކުރައްވައި ބޭނުންކުރަން ފަށާފައިވެ އެވެ.

މިދިޔަ މުއްދަތުގައި އެއަރ އެމްބިއުލާންސްގައި ސިއްހީ ކުއްލި ހާލަތްތަކުގައި 1,840 މީހުން އުފުލާފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment