ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ, ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް 2025” މުބާރާތުގެ ފިރިހެން ޑިވިޝަންގެ 2 ވަނަ ބުރު ގެ ފުރަތަމަ މެޗުގައި، ކްލަބް ވެމްކޯ އަދި ފަޔަރ ސްޓޯމް ވަރަށް ފޯރި ގަދަ ކުޅުމަށް ދެއްކި އިރު އަންހެން ޑިވިޝަންގައި އޭއެސްއެމްއެޗް އާރުސީ, ސިޓީ ސްޓާސް އަތުން ބަލިވި ބޮޑު ބަލީގެ ބަދަލުހިފައި މުބާރާތުގެ ފޯރި އިތުރަށް ބޮޑު ކޮށްދީފިއެވެ.
ތިނަދޫ ހޮސްޕިޓަލަކީ ތިހީކުރާ ވަރަށްވުރެ މާ ވަރުގަދަ ޓީމެއް ކަން ސާބިތުކޮށް، ފިޓް ފެމަނައިން ބަލި ކޮށްލީ ގިނަ ގޯލު ތަކަކުން ފޫއަޅުވާލާފައެވެ.
ރޭގެ މެޗުގައި ފިޓް ފެމަނައިން ކޮޅަށް 34 ގޯލު ޖެހި އިރު އޭއެސްއެމްއެޗް ކޮޅަށް ވަދެފައި ވަނީ 29 ގޯލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ތަފާތު މޮޅު ކުޅުމެއް ދެއްކި އޭއެސްއެމްއެޗް އާރުސީގެ ޖާޒީ ނަންބަރު 9 އާމިނަތު ޒައިނާ ރިޔާޒް އެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގައި މިރޭ އޮތީ ގަދަ ވާނެ މެޗެކެވެ. ބައްދަލު ކުރާނީ ސިޓީ އާއި ވެމްކޯއެވެ.
ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް އިވެންޓްތައް ކުރާއެއް ފަރާތް ކަމުގައިވާ އިވެންޓް ކާސްޓް މޯލްޑިވްސް އިންނެވެ.


