ޚަބަރު
ވެމްކޯ: 2 ވަނަ ބުރުގެ ފެށުން ވެސް ގަދަކޮށް, ފަޔަރ ސްޓޯމް ވަކި ބައްޔެއް ނޫން!

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ , ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރު ނިންމައި, 2 ވަނަ ބުރު ރޭ ފެށި އިރު، ފުރަތަމަ މެޗްގައި ކްލަބް ވެމްކޯ، ފުރަތަމަ ބުރު ފަދައިން ފަޔަރ ސްޓޯމް އަތުން މޮޅު ހޯދައިފިއެވެ.

މި މެޗުން ވެމްކޯ މޮޅުވީ 27-24 ލަނޑުންނެވެ. އެއީ ފުރަތަމަ ބުރުގައި މި ދެޓީމުން ދެއްކި ނަތީޖާ އާއި ދާދި އެއްވަރުގެ ނަތީޖާ އެކެވެ. އެ މެޗު ގެ ނަތީޖާ އަކީ 25-29 އެވެ. އެހެންކަމުން ފަޔަރ ސްޓޯމް އަކީ ވަކި ދަށް ޓީމަށް ކަމަށް ނުބެލެއެވެ. ކުޅުމަށް ބަލާއިރު ދެޓީމުގެ ކުޅުން ވެސް ވަރުގަދައެވެ.

ވަރަށް ވަރުގަދަ އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވައިފައިވަނީ ކްލަބް ވެމްކޯގެ އިބްރާހިމް ލުރުފީ (ޖ 18) އެވެ.

ފިރިހެން ޑިވިޝަން 2 ވަނަ މެޗުގައި މިރޭ ބައްދަލު ކުރާނީ ރޭގެ މެޗުން ބަލިވި ފަޔަރ ސްޓޯމް އާއި ސްކޯޕިއަން އެވެ. މި މެޗް ފަށާނީ މިރޭ ގެ ދެވަނަ މެޗުގެ ގޮތުގައެވެ.

ހަވަރު ސްޕޯޓްސް އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ “ހިޔަލަ ހޭންޑްބޯލް” މުބާރާތް ކުރިޔަށް ދަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ހޭންޑްބޯލް ދަނޑުގައެވެ.

މި މުބާރާތުގެ މެޗްތައް ލައިވް ކުރަނީ މިހާރު ރާއްޖޭގައި އެންމެ ފުރިހަމައަށް އިވެންޓްތައް ކުރާއެއް ފަރާތް ކަމުގައިވާ އިވެންޓް ކާސްޓް މޯލްޑިވްސް އިންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment