ޚަބަރު
އައްޑޫ، އައިއެމްޑީސީ ގައި ސިޒޭރިއަން ހެދި އަންހެނަކު ނިޔާވެއްޖެ

އައްޑޫ ސިޓީގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ)ގައި ސިޒޭރިއަން ހެދި މާބަނޑު މީހަކު ހާލު ސީރިއަސް ނިޔއެވެ. މި ހިތާމަވެރި ހާދިސާގައި ނިޔާވީ ތަމަންނާގެ، ސ.ހިތަދޫ، އުމުރުން 28 އަހަރުގެ އާއިޝަތު ނަޒާހަތު އަހުމަދު ދީދީއެވެ. އޭނާއަކީ އައްޑޫ ސިޓީ ކައުންސިލުގައި ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ދިޔަ މުވައްޒަފެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ނަޒާހަތު އައިއެމްޑީސީއަށް ދިޔައީ ވިހަން ދީފައި އޮތް ތާރީޚު ޖެހިގެން، ޑޮކްޓަރަށް ދެއްކުމަށެވެ. އެވަގުތު އޭނާގެ ހަށިގަނޑުގައި ހުން ހުރެ، ހޮޑުލެވުމުގެ އިތުރުން ފިޓު ޖެހުމުގެ އަލާމާތްތައް ފެނުމާ ގުޅިގެން، ކްލިނިކުން ވަނީ އިމަޖެންސީކޮށް ސީ ސެކްޝަނެއް (ސިޒޭރިއަން) ހެދުމަށް ނިންމާފައެވެ.

ނަމަވެސް، ސީ ސެކްޝަނަށްފަހު ނަޒާހަތުގެ ހާލު ގޯސްވެ، އިތުރު ފަރުވާއަށްޓަކައި އިމަޖެންސީގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް (އޭއީއެޗް) ގެންދިއުމަށް ނިންމިއެވެ. ހޮސްޕިޓަލާ ހަމައަށް ދެވުނުއިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ވިހެއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ގުޅިގެން އައިއެމްޑީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތަަށް ލިޔު އެރުމއް

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރާއި ކައުންސިލުގެ މުވައްޒަފުން އަދި ގާތްތިމާގެ އާއި ދުރުތިމާގެ، ގާތް މިތުރުންނާއި ދެކެފަރިތަ މީހުންގެ ތައުޒިޔާގެ މެސެކުތަކުން ފޭސްބުކް އޮތީ ފުމޭޔަރު އަލީ ނިޒާރު ވަނީ އޭނާގެ ތައުޒިޔާ މެސެޖުގައި ނަޒާހަތަކީ އަޚްލާގު ރަނގަޅު މުވައްޒަފެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އޭނާގެ ވަކިވުމަކީ ކައުންސިލަށް ލިބުނު ފުން ހިތާމައެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!