ޚަބަރު
ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވާދަ ކުރާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީ ތަމްސީލު ކުރާ ކެނޑިޑޭޓުން ހޮވުމަށްޓަކައި ބާއްވާ އެތެރޭގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު މާދަމާއިން ފެށިގެން ހުޅުވާލާނެ ކަމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހާމަކުރައްވައިފިއެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާޙު މިކަން ހާމަކުރައްވަމުން ވިދާޅުވީ، ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބާ ގުޅިގެން ޕީއެންސީން ބާއްވާ ޕްރައިމަރީގައި ވަރަށް ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 15 ވަނަ ދުވަހުގެ 18:00 އާއި ހަމައަށް ކަމަށް ފަލާޙު ވިދާޅުވިއެވެ. އަދި ޕްރައިމަރީ ވޯޓުލުން ކުރިއަށްގެންދަން ނިންމާފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހުއެވެ. މި އިންތިޚާބާއި ގުޅޭ މަޢުލޫމާތު ޕީއެންސީގެ ވެބްސައިޓުން ލިބޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕީއެންސީގެ ހަމަ ކޮންމެ މެންބަރަކަށް ލިބިފައިވާއިރު، ކުރިމަތިލެވޭނީ ޕާޓީގެ ވެބްސައިޓުގައި އޮންނަ އޮންލައިން ފޯމެއް މެދުވެރިކޮށެވެ. ޑިސެމްބަރު 15 ވަނަ ދުވަހުގެ ކުރިން އެ ޕާޓީއާ ގުޅޭ ފަރާތްތަކަށް ވެސް މި ފުރުޞަތު ލިބޭނެ ކަމަށް ފަލާޙު ވިދާޅުވިއެވެ. “މިވަގުތު ޕާޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު ލިބޭނެ. އެކަމަކު ޕީއެންސީގެ މެންބަރަކަށް ވުމަށް އެދި ފޯމު ހުށައަޅަން ޖެހޭނެ އީސީއަށް. މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ މެންބަރުން ދަނީ ޝައުޤުވެރިކަން ފާޅުކުރަމުން،” ފަލާޙު ވިދާޅުވިއެވެ.

ފަލާޙު އިތުރަށް ހާމަކުރެއްވީ މި ފަހަރުގެ ޕްރައިމަރީގައި އެ ރަށަކަށް ނިސްބަތްވާ ފޮށި މާލޭގައި ނުބަހައްޓާނެ ކަމަށާއި، ވޯޓުލުމުގެ ފުރުޞަތު ލިބޭނީ، އެ މީހަކު ރަޖިސްޓްރީވެފައި އޮންނަ ރަށެއްގައި ހުންނަ ވޯޓު ފޮއްޓަށް ކަމަށެވެ. އަދި މި ޕްރައިމަރީ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޕްރައިމަރީއަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައިވާ ގޮތުން ޕީއެންސީގައި 68,665 މެންބަރުން އެބަތިއްބެވެ. ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!