ޚަބަރު
ހަޤީގަތް ހާމަކުރުމަކީ އެއްވެސް ހާލަތެއްގައި ބިރު ދައްކަން ޖެހޭ ކަމެއް ނޫން: ޑރ.އިޔާޒް

އަރަބިއްޔާ ސްކޫލުގެ ހާލަތާއިމެދު އެސްކޫލުގެ ބައެއް މުދައްރިސުން ޓްވީޓްކޮށް ހައްދަވާތީ އެކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް އިސްވެރިން ނުރުހުން ފާޅުކޮށް އެ މުދައްރިސުންނަށް އިންޒާރު ދެމުންދާ ކަމަށް ބުނަމުން ޑރ.އިޔާޒް ވިދާޅުވަނީ ހަޤީގަތް ހާމަކުރުމަކީ އެއްވެސް ހާލަތެއްގައި ބިރު ދައްކަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ އަރަބިއްޔާ ސްކޫލްގެ ހާލަތު އަދި ދަރިވަރުންނަށް ގެއްލުންވާ ހިސާބަށް ނުދާ ކަމަށާއި ދެން އަންނަ ޗުއްޓީގައި އެއިމާރާތް މަރާމާތް ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މިހެން ވިދާޅުވުމުން ދީނީ އިލްމުވެރިޔާ ޑރ.އިޔާޒް ވަނީ އެކަމަށް ފާޑުކިޔާ ޓްވީޓްކޮށްފައެވެ.

ޑރ. އިޔާޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް މަޤާމުތަކާއި ހަވާލުވެ ތިއްބަވާ ބޭފުޅުން ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ކޮށްގެން ނުވާނެ ހިތާމަހުރި އަމަލެއް ކަމަށެވެ. އަދި ތެދުވެރިކަމާއެކު މަސައްކަތް ކުރެއްވުމަށް ގޮވާލިއެވެ.

މީގެ އިތުރުން އަރަބިއްޔާ ސްކޫލުގެ ޓީޗަރުން އެސްކޫލްގެ އިމާރާތާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން އެބޭފުޅުންނަށް އިންޒާރުދީ އެކަމާ ނުރުހުން ފާޅުކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ހަޤީގަތް ހާމަކުރުމަކީ ބަޔަކު ބަދުނާމް ކުރުން ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި ގޮތުގައި އެސްކޫލުގް އިމާރާތުގެ ހާލަތު ބެލުމަށްފަހު އެސެސްމެންޓެއް ހަދަން ވަނީ ފަށާފައެވެ. އަދި އެ އެސެސްމަންޓްގައި ކޮންކްރިޓްގެ ސްޓްރެންތު ފަދަ ކަންކަން ބަލަން ރާއްޖެއިން ބޭރަށް ފޮނުވައިގެން ބަލަން ޖެހޭތީ އެކަމަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށް މިނިސްޓަރ ވނީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!