ޚަބަރު
އެސްޑީއެފްސީގެ އޮފީސް ފަޅާލައިފި

އެސް.އެމް.އީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕވޓ ލޓޑގެ އޮފީސް ފަޅާލައި ވަށްކަންކުރި މައްސަަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 08:46 ހާއިރު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއެވެ. އަދި މިކަން ހިނގި ސަރަހައްދުގައި ފުލުހުންގެ ޓީމެއް މިހާރު ހަރަކާތްތެރިވާކަން އޭނާ ފާހަގަކުރިއެވެ.

ސަރުކާރުގެ އެއް ވަޢުދުކަމުގައިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ އެސް.ޑީއެފް.ސީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަލަށް އުފައްދާ އަދި ކުރިއަރަމުން އަންނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާނެ މާލީ އެހިތެރިކަން ފޯރުކޮށްދިނުމެެވެ.

ެއެސްޑީއެފްސީގެ އޮފީސް ފަޅާލައި ވަގަށް ނަގާފައިތަކެތީގެ ތަފްޞީލު ފުލުހުން ހާމާކޮށްފައެއް ނުވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!