ޚަބަރު
އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާ ހާލު ދެރަވި ދިވެހި މީހާ ނިޔާ ވެއްޖެ

ޢުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްހުރި ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ޙަސަން (86 އަހަރު) އެވެ. އޭނާ ނިޔާވީ މައްކާގެ އަލް ނޫރު ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މުޙައްމަދު ޙަސަން ބަލިހާލަތު ހުރިގޮތުން އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އާއިލާއިން މަޢުލޫމާތު ދޭގޮތުގައި، ބަލިވެ އެޑްމިޓްކުރި ފަހުން ނިޔާވުމާ ހަމައަށްވެސް އޭނާގެ ހާލަތަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި ފަހުން އޭނާއަށް ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

މުޙައްމަދު ޙަސަން ޢުމްރާގެ އަޅުކަމަށް ރާއްޖެއިން ފުރާފައިވަނީ މިމަހުގެ 9 ވަނަ ދުވަހު “ޤިބްލަ ޙައްޖު އެންޑް ޢުމްރާ” ގްރޫޕުގެ ހަވާލުގައެވެ.

 ‘ إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ، ‘

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment