ޚަބަރު
ގައުމީ ޓީމަށް ތަހުނިޔާ؛ މިކާމިޔާބީ އަކީ ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ހިތްވަރަކަށް ވާނެ: ނައިބު ރައީސް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ގައުމީ ފުޓްސަލް ޓީމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފު ތަހުނިޔާ ވިދާޅުވެއްޖެއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ކަށަވަރުކުރީ މިއަދު މެންދުރު ފަހު ބޫޓާނާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުން ފަހަތުންއަރައި 3-1 އިން މޮޅުވެގެންނެވެ.

ގައުމީ ފުޓްސަލް ޓީމު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތް ކާމިޔާބުކުރުމާ ގުޅިގެން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުން ހާސިލްކުރި ތާރީޚީ މޮޅާއެކު މުޅި ޤައުމު ފަޚުރުވެރިކޮށްދީފައިވާ ކަމަށެވެ.

މީގެއިތުރުން، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ކާމިޔާބީއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

“މިއީ ބޮޑެތި ކާމިޔާބީތަކަށް ވާސިލްވުމަށް ޒުވާން އެތުލީޓުންނަށް ލިބިގެންދާނެ ބޮޑު ހިތްވަރަކަށް ވާނެ،” ނައިބު ރައީސް

މިއަދުގެ ތާރީޚީ މެޗުގައި ފުރަތަމަ ލީޑުނެގީ ބޫޓާނުންނެވެ. ނަމަވެސް، ރާއްޖޭގެ ޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި، ފަހަތުންއަރައި ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި މެޗުގައި ރާއްޖޭގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޖުނައިދު އާއި އަހުމަދު ހަމީދު އަދި މުޙައްމަދު އިމްރާން އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ވެސް ވަނީ ވާދަކޮށް، ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކައިފައެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ފުޓްސަލް ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މި ކާމިޔާބީއާއެކު ރާއްޖޭގެ ފުޓްސަލްގެ މުސްތަގުބަލާމެދު އޮތް އުންމީދު ވަނީ އިތުރަށް އާވެގެން ގޮސްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment