ޚަބަރު
ސަމާލުވޭ! އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ މައުލޫމާތު ހޯދަނީ!

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި އޮޅުވާލައިގެން އާންމުންގެ ޒާތީ މައުލޫމާތު ހޯދަމުންދާތީ، އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ ނަމުގައި ވައިބަރ، އެސްއެމްއެސް އަދި އާދައިގެ ފޯނު ކޯލުތައް މެދުވެރިކޮށް އާންމުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ފޯނު ކޯލުތަކާއި މެސެޖުތަކުގެ ޒަރީއާއިން އާންމުންގެ މުހިންމު މައުލޫމާތުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން އިތުރަށް ވިދާޅުވީ، “ހައުސިންގ މަޝްރޫއުތަކާއި ސޯޝަލް ހައުސިންގ ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް މި ކުންފުނިން ވައިބަރ ނުވަތަ އާދައިގެ ފޯނު ކޯލު މެދުވެރިކޮށް އާންމުންނަށް ނުގުޅާނެ” ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އެހެންކަމުން، އެފަދަ ގޮތްގޮތަށް އަންނަ ފޯނު ކޯލުތަކާއި މެސެޖުތަކަށް ޖަވާބު ނުދިނުމަށާއި އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ މަޝްރޫއުތަކާއި އެޗްޑީސީން ހިންގާ އެކި ސްކީމްތަކާ ގުޅުވައިގެން މަކަރާއި ހީލަތުން ފައިސާ އާއި މައުލޫމާތު ހޯދުމުގެ ސްކޭމްތައް އެކި ފަރާތްތަކުން ދަނީ ހިންގަމުންނެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ވެސް ދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ކަމާ ގުޅޭ އިދާރާތަކުން އިތުރަށް ވިދާޅުވީ، އެއްވެސް މީހެއްގެ ޒާތީ މައުލޫމާތު ނުވަތަ ބޭންކް އެކައުންޓާ ގުޅޭ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށެވެ. އަދި ފޯނަށް އަންނަ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޮޅުވާލައިގެން މައުލޫމާތު ހޯދަން ކުރާ މަސައްކަތްތަކަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment