ޚަބަރު
މާވިން އިސްލާމް ދީން ޤަބޫލު ކޮށްފި، މިހާރު އޭނާގެ ނަމަކީ ޔޫސުފް!

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ހިމެނޭ އޭނާގެ ފިރިމީހާ މާވިން ވާގަސް އިސްލާމްދީން ގަބޫލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް އަންގައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ، ޖަލު ބަންދުގައި ހުރި މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން “ޔޫސުފް” ގެ ނަމަށް ބަދަލުކޮށްފައިވާކަން ފާހަގަކޮށް އިސްލާމިކް މިނިސްޓްރީން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މިއަދުގެ އަޑުއެހުމުގައި ގާޒީ ވެސް މާވިންއާ މުހާތަބު ކުރައްވާފައިވަނީ ޔޫސުފްގެ ނަމުންނެވެ.

މާވިން އިސްލާމްވެފައިވާތީ އެކަމާ މެދު ދައުލަތުން ދެކޭ ގޮތް ސާފުކުރަން އޭނާގެ ވަކީލު ސުވާލުކުރެއްވުމުން، ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ އެކަމާ މެދު މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި މާވިން އިސްލާމްވުމާ ގުޅިގެން އޭނާއަށް ކަނޑައެޅޭ އަދަބަށް ބަދަލެއް އަންނާނެތޯ ވެސް މަޝްވަރާކުރުމަށްފަހު ހާމަކުރާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ހަލީމަތު ލަމްހާގެ މައްޗަށް މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ހިމެނޭހެން ތިން ދައުވާއެއް އުފުލާފައިވެއެވެ. ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިއަދުގެ އަޑުއެހުމަކީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެއް ނަމަވެސް، ހުލާސާ ބަޔާން އިއްވުން މިހާރު ވަނީ އަންނަ މަހަށް ތާވަލުކުރުމަށް ނިންމާފައެވެ.

އެހެން ގައުމުތަކުން ދިވެހިރާއްޖޭގެ ޖަލު ބަންދު، ނުވަތަ ހުކުމުތަކުގައި ތިބޭ މީހުންގެ ތެރެއިން މީހުން އިސްލާމްވުމަކީ ވަރަށް އާންމުކޮށް ހިނގާކަމެކެވެ. ބޭރު ގައުމުތަކުގެ މީހުން ރާއްޖޭގެ ޖަލުތަކުގައި ދީން ބަދަލުކުރުމަށް ފަހު އެމީހުންގެ އުޅުމާއި ވައްޓަފާޅި މުޅިން ބަދަލުވެ ހެޔޮލަފާ ކަމާއެކު އަޅުކަމުގައި ގިނަވަގުތު ހޭދަކޮށް ދީނީކަންކަން ދަސްކުރުމަށް ވަގުތު ހޭދަ ކުރާ ކަމަށް ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
Comment