ޚަބަރު
މަޑަވެލީ ގައި ބޮޑު ޢީދު ކުޅިވަރެއް ނުބާއްވާނެ: ރައީސް ފިޔާޒް

ގދ މަޑަވެލީ ގައި މިއަހަރުގެ ބޮޑު ޢީދު ކުޅިވަރެއް ނުބާއްވާނެ ކަމަށް ގދ.މަޑަވެލީ ކައުންސިލުގެ ރައީސް ފިޔާޒް ޙަސަން ވިދާޅުވެއްޖެއެވެ.

ފިޔާޒް ވިދާޅުވީ އީދު ކުޅިވަރުތައް ބާއްވަން މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް އެޗްޕީއޭ އިން އީދު ފާހަގަ ކުރަން މަނާ ކުރުމާ ގުޅިގެން މިހާރު އެ ޙަރަކާތްތައް ނުބާއްވާ ގޮތަށް ނިންމާފައިވާ ކަމަށެވެ.

” ނޫސް ތަކުގައި ވެސް އެ ޚަބަރު ލިޔެފައި އެބަހުރި އެހެން ވީމާ މިހާރު އެފަދަ ކަމެއް ކައުންސިލުން ނުކުރާނެ ވާހަކަ މި ދެންނެވީ” – ގދ.މަޑަވެލީ ކައުންސިލުގެ ރައީސް ފިޔާޒް ޙަސަން

އިތުރަށް ވާހަކަ ދައްކަމުން ރައީސް ވިދާޅުވީ މަޑަވެލި އޮތީ މޮނީޓަރިންގ ހާލަތުގައި ނޫން ކަމަށާއި އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ހުވަދޫ ނިއުސް އިން ގދ އަދި ގއ ރަށްތަކުގެ މައުލޫމާތު ހޯދާލުމަށް ގުޅާލުމުން، އެއްވެސް ރަށަކުން ރަސްމީ ސިފައެއްގައި މިފަހަރުގެ ޢީދު ފާހަގަ ކުރުމަށް ނިންމާފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ގދ.މަޑަވެއްޔަކީ ޒަމާނުއްސުރެ ސަގާފީ ކަންތައްތަކަށް ލޯބިކުރާ އަދި ޢީދު ފަދަ މުނާސަބަތުތަށް ކުލަ ގަދަކޮށް ފާހަނގަ ކުރާ ރަށެއްކަމުގައި ފާހަނގަ ކުރެވެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ފިޔާޒް އަށް ޒިންމާ ނަގަން ނުކެރެންޏާ އެހެން މީހަކާ ޒިންމާ ހަވާލް ކޮށްފަ އީދު ކުޅިވަރު ބަލަން ދުރުގަމަޑުކޮއްލާ.